އިމިގްރޭޝަން އޮފިސަރުންގެ ވަޒީފާ ހޯދުމަށް ބޮޑު ކިޔޫއެއް

Loading

May 24, 2025
profile
Facebook
Twitter
WhatsApp

މޯލްޑިވްސް އިމިގްރޭޝަނުން ހުޅުވާލާފައިވާ 50 އޮފިސަރުންގެ ވަޒީފާ ހޯދުމަށް ގިނަ އަދަދެއްގެ މީހުން މިއަދު ގަލޮޅު ސްކޫލްދޮށުގައި ކިޔޫ ހަދައިފިއެވެ.

އިމިގްރޭޝަނުން 50 އޮފިސަރުން ހޯދުމަށް ހުޅުވާލާފައިވާއިރު، މި ވަޒީފާއަށް ކުރިމަތިލެވޭނީ މިއަދު ގަލޮޅު ސްކޫލުގައި ބާއްވާ ވޯކްެ-އިން އިންޓަރވިއުއެއްގައި ބައިވެރިވެގެންނެވެ. މި އިންޓަރވިއު މިއަދު ހެނދުނު 9.00ގައި ފެށިފައިވާއިރު މިއަދު ހަވީރު 5.00އާ ހަމައަށް އިންޓަރވިއު ކުރިއަށްދާނެއެވެ.

މި އިންޓަރވިއުއަށްފަހު ބާއްވާ އިމްތިޙާނަކުން އެންމެ މަތިން މާކްސް ލިބޭ 50 މީހުންނަށް ވަޒީފާ ދޭނެކަމަށް އިމިގްރޭޝަނުން މަޢުލޫމާތުދެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ މީހުންވެ ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން ދަށްވެގެން 2 މާއްދާއިން ”ޑީ“ ގްރޭޑް ލިބިފައިވުމާއެކު ސާނަވީ ނުވަތަ ނުވަތަ މަތީ ސާނަވީ ސެޓްފިކެޓް އިމްތިޙާނުގައި ދިވެހިން ދަށްވެގެން ”ސީ“ ގްރޭޑް ލިބިފައިވުން ހިމެނެއެވެ. ނުވަތަ އެމް.އެން.ކިއު.އެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވާ މީހަކަށް ވާންޖެހެއެވެ. އަދި އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވެސް ވާންޖެހެއެވެ.

މިއަދު ބާއްވާ މި އިންޓަރވިއުގެ ކަންކަން ހިނގާނުހިނގާ ގޮތް ބައްލަވައިލެއްވުމަށްޓަކައި، ކޮންޓްރޯލަރ ޖެނަރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙްމަދު ފަޞީޙް ވަނީ ގަލޮޅު ސްކޫލަށް ޒިޔާރަތްކުރައްވާފައެވެ.

އިމިގްރޭޝަނުން އަލަށް ނަގާ މި އޮފިސަރުންނަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މަސައްކަތް ކުރުމަށް ތަމްރީނުކުރާނެ އޮފިސަރުންނެވެ.

Loading

One Response

Leave a Reply

ފަހުގެ އަޕްޑޭޓް