މޫސުމާބެހޭ ޤައުމީ އިދާރާއިން އުތުރުގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފިއެވެ.
އެ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ މިއަދުގެ 15.30 ފެށިގެން 20.30ގެ ނިޔަލަށެވެ.
މި ވަގުތުގެ ތެރޭގައި އެ ސަރަހައްދަށް ގަޑިއަކު 19 މޭލާ 24 މޭލަ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ.
މީގެ އިތުރުން، އެ ވަގުތުގެ ތެރޭގައި އެ ސަރަހައްދުގެ ކަނޑުތައް ގަދަވާނެ ކަމަށްވެސް އެ އިދާރާއިން ލަފާކުރެއެވެ.
މިއަދުގެ 8.00ން 14.00ށް ވެސް އެ ސަރަހައްދަށް ވަނީ ހުދު ސަމާލު ނެރެފައެވެ.
![]()
