ހަޔާތުގެ ދަތުރަކީ ކުރު އެއްޗެކެވެ. ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާށެވެ.
ހެނދުނު އިރުއަރައެވެ. އަހަރެމެން އަވަދިނެތި އުޅެނިކޮށް އިސާހިތަކު އެ އިރު އޮއްސިދާނެއެވެ.
ހަފުތާ ފެށެއެވެ. އަހަރެމެން މަސައްކަތުގައި މަޝްޣޫލުވަމެވެ. ދެން ފެންނަނީ ކުއްލިއަކަށް ހަފުތާ ބަންދު އަންނަތަނެވެ.
އަހަރުތައް ފާއިތުވެދަނީ ލޮލުފިޔަ ޖަހާލާހައި ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
ވަގުތުތައް ފާއިތުވެދަނީ ހީވެސްނުކުރާހައި އަވަސްމިނުގައެވެ.
އަހަރެމެން ލޯބިވާ ކިތައް މީހުން ވަކިވެ ހިނގައްޖެހެއްޔެވެ؟
މައިންބަފައިންނެވެ.
އެކުވެރިންނެވެ.
އެކުގައި ހޭދަކުރެވުނު ވަގުތުތަކެވެ.
އުފާވެރި ހަނދާންތަކެވެ.
އެކުގައި ހިއްސާކުރި ހިތާމަތަކެވެ.
އެ ހުރިހާ ކަމެއް ބަދަލުވެއްޖެއެވެ.
ގައިމުވާ އެއްކަމެއް އެބައޮތެވެ.
އެ ދުވަސްތައް، އެ ވަގުތުތައް ދެން އެނބުރިއެއް ނާންނާނެއެވެ.
ލަސްކުރާކަށް ވަގުތެއް ނެތެވެ.
ތިބާގެ ހިތަށް އުފާވެރިކަން ލިބޭފަދަ ކަމެއް ކޮށްލާށެވެ.
ތިބާގެ ހިތާމަތަކުން މިންޖެވެވޭތޯ ގަދައަޅާށެވެ.
ކުދިކުދި ކަންކަމުން އުފާ ލިބިގަތުމަށް ނަފްސު ހާނުވާށެވެ.
ހީނ ސަމާސާކޮށްލުމަކުންނެވެ.
ލޯބީގެ ވަގުތުކޮޅަކުންނެވެ.
އުފާވެރި މަންޒަރަކުންނެވެ.
ފަހުން ކުރަން ކަންކަން ނުބަހައްޓާށެވެ.
އެ ފަހެއް ދުވަހަކުވެސް ނާންނާނެއެވެ.
ހަޔާތުގެ އަގުމާތް ޖަވާހިރަކީ ޢާއިލާއެވެ.
އެކުވެރިންނެވެ.
އެކުގައި ހިއްސާކުރާ ވަގުތުތަކެވެ.
ބަލަބަލައި ހުއްޓައި އެ މީހުންނާއި އެ ވަގުތުތައް ތިބާއާ ވަކިވެގެން ހިނގައިދާނެއެވެ.
ހަޔާތުގެ ދަތުރު ކުރިއަށްދަނީ ވަރަށް ހަލުވިކޮށެވެ.
ދަރިން ބޮޑެތިވެއެވެ.
އަހަރެމެން މުސްކުޅިވެއެވެ.
ހެޔޮ ޞިއްޙަތު އަހަރެމެން ދޫކޮށް ދެއެވެ.
އަހަރެމެން ދުށް ހުވަފެންތައް އާތްވަށް އަރައިގެންދެއެވެ.
އެ ދުވަހަކުން ހިތަށްއަރާނެއެވެ.
އެވެނި މިވެނި ކަމެއް އޭރު ކުރެވުނުނަމައެވެ.
ނަމަވެސް….
އޭރުން އޮންނާނީ ވަގުތު ފާއިތުވެފައެވެ.
މިހާރު ކުރާށެވެ.
މިހާރު ބުނާށެވެ.
ވަގުތުގެ ބޭނުންހިފާށެވެ.
ހަޔާތުގެ ދަތުރަކީ ކުރު އެއްޗެކެވެ.
ފާއިތުވީތަން އަނބުރައި އިޢާދަވުމެއް ނުވެއެވެ.
-ތަރުޖަމާއެއް-
![]()
