ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ބާއްވައިފި

Loading

May 21, 2025
profile
Facebook
Twitter
WhatsApp

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި ޕޮލިސް މީޑިއާ ރިސެޕްޝަން 2025 ބާއްވައިފިއެވެ.

އަންގާރަ ދުވަހުގެ ރޭ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ޙަފުލާއަކީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީންގެ އިސްނެންގެވުމުގެ މަތިން ބޭއްވި ޙަފުލާއެކެވެ.

މި ޙަފުލާ ޝަރަފުވެރި ކޮށްދެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނެވެ. މި ޙަފުލާގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި އެކި މީޑިއާތަކުގެ އިސް ވެރިން ބައިވެރިވެވަޑައިގަތެވެ. މީގެއިތުރުން މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަނުގެ މެމްބަރުންނާއި މީޑިއާތަކުގެ މުވައްޒަފުން ބައިވެރިިވިއެވެ.

މި ޙަފުލާގައި ޝަރަފުވެރި މެހެމާނު ދެއްކެވި ވާހަކަފުޅުގައި، މިއީ ރައްޔިތުންނަށް އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް މީޑިއާތަކާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަން ކުރިއަށްވުރެ ހަރުދަނާކުރުމަށް މަގުފަހިވާނެ ޙަފުލާއަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

މޯލްޑިވްސް ޖަރނަލިސްޓް އެސޯސިއޭޝަންގެ ސެކްރެޓަރީ، އަޙްމަދު ނާއިފްވެސް މި ޙަފުލާގައި ވާހަކަފުޅުދެއްކެވިއެވެ. އޭނާ ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. އޭނާ ވަނީފުލުހުންނާ ނޫސްވެރިންނާ ދެމެދު އޮންނަ ގުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރެއްވުމަށާއި ފުލުހުންގެ ފަރާތުން ނޫސްވެރިން ބޭނުންވާ މަޢުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.

މީޑިއާތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މި ޙަފުލާގައި ކޮންމެ މީޑިއާއަކަށްވެސް ވަނީ ފުލުހުންގެ ފަރާތުން ހަނދާނީ ޓޯކަންއެއް ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް