ސްރީލަންކާއަށް 120މިލިއަން ރުޕީސްގެ އަގުހުރި ޑްރަގް އެތެރެކުރަން އުޅުނު އެގައުމުގެ ތިންއަންހެނުން ބަންޑާރަނާޔަކަ އިންޓަނޭޝަނަލް އެއާޕޯޓުން އަންގާރަދުވަހު ހައްޔަރުކޮށްފިއެވެ. މިމީހުން އެތެރެކުރަން އުޅުނީ ”ޚުޝް“ ކިޔާވައްތަރުގެ ޑްރަގް ކަމަށް ވެއެވެ.
ސްރީލަންކާގެ ކަސްޓަމްސުން ހާމަކޮށްފައިވާ ގޮތުގައި ޑްރަގް ރައްކާކޮށްފައި ހުރީ ތައިލަންޑުން އެމީހުން އަންނަމުން ގެނައި ކަރަންޓް ސާމާނުތަކެއްގައެވެ. އިލެކްޓްރިކަލް އެޕްލަޔަންސް ތަކެއްގައި ވަރަށް ފަރުވާތެރިކަމާއެކު ރައްކާކޮށްފާހުއްޓާ 12 ކިލޯގެ ”ހުޝް“ ވަނީ ކަސްޓަމްސް އޮފިޝަލުންނަށް ފެނިފައެވެ.
ސްރީލަންކާގައި ”ޚުޝް“ ކިޔާބާވަތުގެ ޑްރަގް ގެ އެންމެ ގްރާމެއްގެ އަގަކީ ދިހަހާސް ރުޕީސް އެވެ.
އާންމުކޮށް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ ޒުވާނުން ބޭނުންކުރާކަމަށް ބެލެވިފައިވާ މިބާވަތުގެ ޑްރަގް ގެ މައްސަލަ އެންމެ ބޮޑުވެގެން އައީ މިދިޔަ އަހަރުގެ ކުރީކޮޅު ވެސްޓް އެފްރިކާގެ ރަށެއްކަމަށްވާ ސިއެރާ ލިއޯންގައެވެ. އެގައުމުގެ ރިކޯޑްތައް އޭރު ދެއްކި ގޮތުގައި މި ޑްރަގް ބޭނުން ކުރުމުގެ ސަބަބުން ހަފްތާއަކު މަދުވެގެން 12 ވަރަކަށް މީހުން މަރުވެ އަދި އެތައް ހާސްބަޔަކު ހޮސްޕިޓަލުން ފަރުވާދޭން ޖެހެއެވެ.
އިންސާނުންގެ ކަށިވެސް އަޅައިގެން ހަދާފައިވާކަމަށް ބުނެވޭ ”ޚުޝް“ ބޭނުންކުރުމުން ހިނގަހިނގާ ހުއްޓާވެސް ނިދިގެން ވެގެއްޓޭގޮތް ވުމާއި،ނިދިގެން ގުދަށް އޮވެވުމާއި،ތަންތާ ބޯޖެހި ބޯފަޅައިގެން ދިއުން އަދި ޓްރެފިކް ބާރަށް ދުއްވާ މަގުތަކަށް ނިކުމެވުންފަދަ ކަންތައް ކުރެވޭކަމަށް ވެއެވެ.
One Response
އެއީ ކޮން ގައުމެއްގެ ބައެއްތޯވެސް ނޭންގޭ. މީ ޚަބަރެއްގެ އެއްބުރި ދޯ؟