ބީރުބަލް ވަޒީރުގެ ކާޅު ގުނުން

Loading

May 20, 2025
profile
Facebook
Twitter
WhatsApp

މޫސުން ރީތި ދުވަހެއްގައި އަކްބަރު ރަސްގެފާނާއި ބީރުބަލް ވަޒީރު ގަނޑުވަރުގެ ބަގީޗާތެރޭގައި ހިންގަވަމުން ވަޑައިގަތެވެ.

ބީރުބަލް ވަޒީރަކީ ވިސްނުންފުޅު ތޫނު އަވަސް ޖަވާބަށް ވަރަށް މޮޅު ބޭފުޅެކެވެ. އެހެންކަމުން އެކި ކަހަލަ ބުއްދިވެރި ސުވާލު ބީރުބަލާ ކުރެއްވުމަށް ރަސްގެފާނު ލޯބިފުޅުކުރައްވައެވެ.

ހިންގަވަމުންގޮސް ވަކި ހިސާބަކަށް ވަޑައިގެންނެވުނުފަހުން ރަސްގެފާނު ބީރުބަލަށް ވިދާޅުވިއެވެ. ”ވަޒީރެވެ! މި ސަހަރުގައި ކިތައް ކާޅު އުޅޭނެހެއްޔެވެ؟“

ބީރުބަލް ދެންނެވިއެވެ. ”މާތް ރަސްގެފާނެވެ. މި ސަހަރުގައި އުޅޭ ކާޅުގެ އަދަދަކީ 1971އެވެ.“

ބީރުބަލް ވަޒީރުގެ ޖަވާބުން ރަސްގެފާނު ވަރަށް ހައިރާންފުޅުވިއެވެ. އަދި ވިދާޅުވިއެވެ. ”އެއަށްވުރެ ގިނަވެއްޖެނަމައެވެ؟“

ބީރުބަލް ވަޒީރު ވަގުތުން ޖަވާބުދެއްވިއެވެ. ”އެހެންވިއްޔާ އެއީ އެހެން ސަހަރަކުން މި ސަހަރަށް ޒިޔާރަތްކޮށްގެން އުޅޭ ކާޅުތަކެކެވެ.“

އަނެއްކާވެސް ރަސްގެފާނު ސުވާލުކުރެއްވިއެވެ. ”އެއަށްވުރެ މަދުވެއްޖެނަމައެވެ؟“

ވަޒީރު ދެންނެވިއެވެ. ”އެހެންވިއްޔާ އެއީ މި ސަހަރުގެ ބައެއް ކާޅު އެހެން ސަހަރަކަށް ދިޔައީއެވެ.“

ބީރުބަލް ވަޒީރުގެ ޙިކުމަތްތެރިކަމާމެދު ރަސްގެފާނު ވަރަށް އުފާފުޅުކުރައްވަމުން އޭނާއަށް ސާބަސްދެއްވިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް