އުނގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި

Loading

May 19, 2025
profile
Facebook
Twitter
WhatsApp

ރ. އުގޫފާރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފިއެވެ.

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތީގެ ތެރޭން މި މަހުގެ 14 ވަނަ ދުވަހު ނައްތާލާފައި ވަނީ 153 ފުޅި ބަނގުރަލާއި 37 ދަޅު ބަނގުރަލެވެ.

މި ތަކެއްޗަކީ 2025 ފެބްރުއަރީ 21ވަނަ ދުވަހުން ފެށިގެން އަހަރުގެ މިހާތަނަށް، އިފުރު އެއަރޕޯޓަށް ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ނަގައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

މި ތަކެތި ނައްތާލާފައި މި ވަނީ، ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން، އެކަމަށް އެކުލަވާލި ކޮމިޓީގެ ބެލުމުގެދަށުން ކަމަށް ފުލުހުންގެ އިދާރާއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް