އެމްޑީޕީ ވެސް ރާއްޖޭގެ ވެރިކަމަށް އައީ ރައްޔިތުންނަށް އެތަކެއް ވަޢުދު ވެގެންނެވެ. އެހެނަސް އެމްޑީޕީ ވެރިކަމުން ފޭބީވެސް އެވަޢުދު ތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު ވަޢުދުތައް ނުފުއްދައޭބދެންނެވި ދާނެއެވެ. ފަނޑިޔާރުގެ މިނިވަން ކުރުމާއި ކުރީގެ ސަރުކާރުތަކުން ދައުލަތުން ކުރި ވައްކަމާއި ، ވެފައިވާ ޚިޔާތުގެ މައްސަލަތަކާއި އަދި ކޮރަޕްޝަނާއި ފަސާދަ ހުއްޓުވާނޭ ކަމުގެ ވަޢުދުތައްވނުފުއްދިއެވެ. އެހެނީ އެމީހުންގެ ތެރޭގައިވެސް އެ ޚިޔާނާތް ތެރިން ތިބިތީއެވެ.
އެހެނަސް އެމްޑީޕީގެ ސަރުކާރު ނިންމާލީ ރައްޔިތުންނަށް ކަނޑުން ގޯތި ދީފައެވެ! އުފެދުމުގައި ވެސް ނެތް އެއްޗެއް ދެވޭނެ ގޮތެއް އިސްލާމް ދީނަކުވެސް ނޯވެއެވެ. އަދި ދިވެހި ގާނޫން އަސާސީގައި ވެސް ނުވެއެވެ.
ކުރީސަރުކާރު ތަކުން ދައުލަތަށް ވެފައިވާ ޚިޔާނާތުގެ މައްސަލަތައް ނުބެލި ތަނުގައި އެސަރުކާރު ނިންމާލީ ރައްޔިތުންގެ ނޭވާލާ ހޮޅިންވެސް ވައްކަން ކޮށް އެވައްކަމަށް ވެސް ފަސްއަޅާ ފޮރުވާފައި ކަމުގައި ދެކޭ ބައެއްވެސް މަދެއް ނޫނެވެ.
އެމްޑީޕީއިން ވެފައިވާ ވަޢުދު ފުއްދުމަށްޓަކާ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތާއެކު އެސަރުކާރަށް ރައްޔިތުން ވަނީ ވަރަށް ބޮޑަށް އިތުބާރު ކޮށްފައެވެ. އެހެނަސް ކަން ނިމިގެން ދިޔައީ ރައްޔިތުން ކުރި އިތުބާރު ވެސް ގެއްލުވާލާފައެވެ.
ރައްޔިތުން އެމްޑީޕީގެ ނިމިދިޔަ ސަރުކާރަށް ރަށްޔިތުން ކުރި އިތުބާރަކީ ރައީސް ނަޝީދު އަށްޓަކާ ކުރި އިތުބާރެވެ. އަދި ރައްޔިތުން އެމްޑީޕީއަށް ދިންވޯޓަކީވެސް ރައީސް ނަޝީދު ވިދާޅުވެގެން އެ އާދޭސްތަކަށް ދިން ވޯޓެވެ. އެހެނަސް އެމްޑިޕީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ކަން ކުރެއްވީ ވަރަށްވެސް ނުކުރާނެ ދެރަ ގޮތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަކަށް ހުންނެވި އެޕާޓީގެ ބާނީ މުޙައްމަދު ނަޝީދު މަގާމުން ދުރުކުރުމަށް ރައްޔިތުންދިން މަޖީހުގެ އަޣުލަބިއްޔަތު ވެސް ބޭނުން ކުރެއްވީއެވެ.
ކަން މިހެން ހުރުމާއިއެކު އެމްޑީޕީ ސަރުކާރު ރައްޔިތުން ނުކުމެ ބަދަލުކުރީ އެ ސަރުކާރުން ޢަމަލު ކުރި ޚުދުމުޚުތާރު ގޮތްތަކުގެ ސަބަބުން ފޫހިވެގެން ކަމުގައިބދެކެމެވެ.
އެހެން ކަމާއެކު ޕީޕީއެމް /ޕީއެންސީގެ މިސަރުކާރަށް ވޯޓުދީގެން މެނުވީ އެމްޑީޕީގެ އެކަރަޕްޓް ވެރިކަން ނިންމާލެވެން ނެތިގެންނެވެ.
ހަމަ އެހެންމެ މިސަރުކާރުން ވަނީ ރައްޔިތުން އެދުނުހާ ކަމަކާއި ނޭދޭހާ ކަންކަންވެސް ކޮށްދިނުމަށް ފުލުފުލުން ވަޢުދުވެގެންކަން މިސަރުކާރުގެ ސަމާލު ކަމަށްޓަކާ ހަނދާން އަރުވަމެވެ. ރައްޔިތުން މިސަރުކާރު ވެރިކަމަށް ގެނައީ އެމްޑީޕީ ސަރުކާރުން ކަންކުރި ގޮތަށް މިސަރުކާރުން ކަންކަން ނުކުރާނޭ ކަމުގެ ހުވަފެންދެކެމުންނެވެ.
ނަމަވެސް ވެރިކަމަށް ހުވާ ކުރެއްވުމާއި އެކު ފެނިގެން ދިޔައީ ފެން ގުޅުއްވި ފިޔާތޮށި ގޮނޑި އެއްލާލައި ވި ހުރިހާ ވައުދެއް ރައްޔިތުން ބޮލާލައި ޖެހިތަނެވެ. ހޯޕް ކޮންފަރެންސް ގައި ބެހި ވަޢުދުނާމާ ގަނޑުވެސް ކުރީގެ ރައީސް ޔާމީން ބޮލަށް ކަނޑާލިތަނެވެ. ރައީސް މުޢިއްޒު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވިދާޅުފާ ވެއެވެ. ފަނޑިޔާރުގެއަށް އަތްބޭނުން މިއަދުން ފެށިގެން ނިމުނީއެވެ. އެމަނިފާނުގެ މިވާހަކަ ފުޅަކީ ރައްޔިތުން އެންމެ އުފާވި އެއްވާހަކަފުޅެވެ. އެހެން ކަމާއެކު މިސަރުކާރު ދަމަހައްޓަން ރައްޔިތުން ތިބީ އަތުކުރި އޮޅާލައިގެންނެވެ. ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ މިސަރުކަށް ރައްޔިތުން ދިނުމުގެ އެންމެ ފޮނި އުންމީދަކީ ރައްޔިތުންނަށް ޢަދުލުއިންޞާފު ކަށަވަރުވުމެވެ.
ކަން އޮތީ މިހެންނެވެ. ވީކިހިނެއްތޯއެވެ؟ އެހެނަސް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވަކިކުރުމުގެ ބާރުވެސް ރައީސް މުޢިއްޒު އެމަނިކުފާނުގެ އަތްޕުޅަށް ނެންގެވީ ނޫންހެއްޔެވެ. އިލެކްޝަން ކޮމިޝަނާއި އެންޓި ކަރަޕްޝަން އޮފީސް ވެސް ސީދާ ރައީސް މުއިއްޒުގެ ބާރުގެ ދަށް ގެނެސް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުންގެ މަންދޫބުން ނޫންކަމާއި އެ މަނިކުފާނު ފަހުބަސް ބޭރުކޮށްލަދެއްވާނެ އާދެ މަސާހަބުތަކަށް ހަދާލީއެވެ. ޕީޕީއެމްގެ މެންބަރުންނަށްވެސް މުތުލަގަށް ލަނޑުދީފާ ކޮންމެ ގޮތަކުން ވެސް ވެރިކަމުގައި ހުންނެވޭނޭ ގޮތްތަކަށް ކުޅިބައި އެގެންދަވަނީ ރާވައި ކުޅެމުންނެވެ.
އެންޓި ޑިފެކްޝަން ގާނޫނޭ ވިދާޅުވެ ޕީއެންސީ އަށް މެންބަރުން ގެނައުމަކުން ރައްޔިތުން އެބޭފުޅުންނާއި ޙަވާލުކުރި ޒިންމާ އަދާކުރުމަށް ހުރަހެއް އެޅިގެން ނުވާނެ ނޫންތޯއެވެ؟
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ރައްޔިތުން އިސްކުރާ ދައުލަތުގެ އެއްބާރެވެ. އެބާރަކީ ވެރިކަމުގެ ބާރުން އެއްވެސް ނުފޫޒެއް ފޯރުވޭނެ ބާރަކަށް ނުވާއިރު ރައީސް މުޢިއްޒުވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް ވެސް ޚުދުމުޚްތާރުކޮށް ނަންގަވާފައެވެ. ދައުލަތުގެ ތިންބާރަކީ އެއްބާރުން އަނެއް ބާރަށް އަރައި ނުގަނެވޭ ގޮތަށް ގާނޫނުއަސާސީއިން ބާރުދީފައިވާ މުސްތަގިއްލު ތިންބާރެވެ. އަދި ވެރިކަން ލިބޭނެ ކުރިން ގަބޫލުފުޅު ކުރައްވާ ގޮތްކަމުގައި ތަކުރާރުކޮށް ވިދާޅުވެފައިވާ ގޮވެލިތަކެކެވެ.
އެމްޑީޕީ ސަރުކާރުން ފަނޑިޔާރުގެ އަށް އަތްބޭނީތީ މިސަރުކާރުން ފަނޑިޔާރުގެއަށް އަތާއި ފައި ބާނާކަށް ނުޖެހޭނެއެވެ. ރައްޔިތުން އެމްޑީޕީގެ ވެރިކަން ބަދަލުކުރީ އެ ސަރުކާރުން ރައްޔިތުންނަށް ދޯކާތައް ދިނުމުންނެވެ. އެހެން ކަމާއެކު ރައްޔިތުން ބޭނުންވީ އެސަރުކާރުން ކަންކުރިގޮތަށް ކަންކަން ނުކުރާނޭ ސަރުކާރެކެވެ.
ވީމާ ކުރި ސަރުކާރު، އެމްޑީޕީ ސަރުކާރޭ، ވެފައިވާ ވަޢުދާއި އެއްގޮތަށް ނުގޮވަމާ ތޯއެވެ؟ ވަރިކުރި ފުޅަށްވުރެ ދެން އިނދެވުނު ފުޅުވެގެން އެދިޔައީ އެއަށްވުރެ ހަގުނަ ނުބައި ފުޅަކަށެވެ. އިންނަން އުޅުނު އިރު ހާދަ ލޮނެއް ދެއްކިއެވެ. އެހެނަސް ކައިވެންޏަށް ދޮޅުމަސް ދުވަސް ނުވެ އުޅެނިކޮށް ކެއްސަ ކެއްސާ ކޮށި އަރައިފިއެވެ.ތިޔަބޭފުޅުންވިދާޅުވެ ބައްލަވާށެވެ. އަޅުގަޑު ދެން ހަދަންވީ ކިހިނެއްތޯއެވެ. ވަރިކޮށްފަ ފޮނުވާލި ފުޅާ އަލުން އިނުން ނޫންގޮތެއް މިއަޅާޔަށް ނެތީތޯއެވެ.
One Response
މީނާ ބަލަންޖެހޭނީ މީނާ ޥެފައިހުރި ވައުދުފުއްދަން
އެމްޑީޕީ ޢިންވެފައިހުރި ވައުދުފުދުތޯ ބަލާކަށް މީނާއަކަށް ޏުޖެހޭނެ