މާލޭގެ ބައެއް މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި

Loading

May 18, 2025
profile
Facebook
Twitter
WhatsApp

މާލޭގެ ބައެއް މަގުތައް މަރާމާތުކުރުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

މިގޮތުން މިއަދު ވަނީ މާލޭގެ ދެ ސަރަހައްދެއްގައި މަގު މަރާމާތުކުރުމުގެ މަސައްކަތް ފަށާފައެވެ.

މިއަދު މަސައްކަތް ފަށާފައިވާ މަގުތަކުގެތެރޭގައި ސޯސަންމަގު އިސްލާމިކް ޔުނިވަރސިޓީ ސަރަހައްދާއި ހެންވޭރު ކާނިގޯޅީގައި ގަނބާފައިވާ ސަރަހައްދު ލެވެލްކޮށް، ގާއެތުރުމުގެ މަސައްކަތް ވަނީ ކުރިއަށްގެންގޮސްފައެވެ.

މާލެއާއި ހުޅުމާލެ ހިމެނޭހެން ވަރަށް ގިނަ މަގުތަކެއް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. މިކަމުގެ ސަބަބުން ދުއްވާތަކެއްޗަށް އެކިވަރުގެ ގެއްލުންތައް ލިބެމުންދާކަމުގެ ޝަކުވާ އާންމުން ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.

މީގެ އިތުރުންވެސް ހިނގާ މީހުންނަށްވެސް ބޭނުންނުކުރެވޭ ހާލަތުގައި ހުރި މަގުތައްވެސް ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް