ޙައްޖުވެރިން ފުރާދުވަސްތައް އިޢުލާންކޮށްފި

Loading

May 17, 2025
profile
Facebook
Twitter
WhatsApp

ދިވެހި ޙައްޖުވެރިން ފުރާ ދުވަސްތައް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން އިޢުލާންކޮށްފައި ވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައި ޝާއިޢުކޮށްފައިވާ ޚަބަރެއްްގައެވެ.

އެ ވުޒާރާއިން ބުނެފައިވާގޮތުގައި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 26، 27، 29 އަދި 30 ވަނަ ދުވަހުއެވެ.

މިގޮތުން، 26 ވަނަ ދުވަހު 235 ޙައްޖުވެރިން، 27 ވަނަ ދުވަހު 257 ޙައްޖުވެރިން، 29 އަދި 30 ވަނަ ދުވަހު، ކޮންމެ ދުވަހަކު 250 ޙައްޖުވެރިން ފުރުމަށް ވަނީ ހަމަޖެހިފައެވެ.

27 އަދި 29 ވަނަ ދުވަހު ފުރާ ޙައްޖުވެރިން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަންގައި ކަމަށާއި، މޯލްޑިވިއަނުން ޙައްޖުވެރިން ދަތުރު މި ކުރަނީ އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު ކަމަށް އެ ވުޒާރާއިން ބުނެއެވެ.

މައްކާ ރޫޓް އިނީޝިއޭޓިވްގައި ބައިވެރިވުމުގެ ފުރުސަތު ދިވެހި ޙައްޖުވެރިންނަށް ސަޢޫދީ ސަރުކާރުން ދީފައިވާތީ، ޙައްޖުވެރިން ރާއްޖޭން ފުރާއިރު ސަޢޫދީގެ އިމިގްރޭޝަން ކަންކަން ނިމޭނެކަމަށްވެސް އެ އެ ވުޒާރާއިން ވަނީ މަޢުލޫމާތު ދީފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް