23 މިލިއަންގެ އާބާދީއެއް އޮންނަ ބުރްކީނާފާސޯ އަކީ ހުޅަނގު އެފްރިކާގެ ގައުމެކެވެ. މާލީ އާއި އައިވަރީ ކޯސްޓް އަދި ގާނާއާއި ޓޯގޯ އާއި އަދި ބެނިން އެ ގައުމާއެކު ބޯޑަރ ހިއްސާ ކުރެއެވެ. ބުރކީނާ ފާސޯއަކީ ކުރިން އަކީ ފަރަންސޭސިންގެ ބާރުގެ ދަށުގައި އޮތް ގައުމެކެވެ. ރަނުގެ މުއްސަނދިކަން ލިބިފައިވާ މި ގައުމުގައި ދާޚިލީ ހަމަނުޖެހުން ހިނގަމުންދާތާ ޒަމާންތަކެއް ވެއްޖެއެވެ.
ބުރކީނާ ފާސޯ އަށް މިނިވަންކަން ލިބުނީ އަޕަރ ވޯލްޓާގެ ނަމުގައި 1960 ގައެވެ. އެގައުމުގެ އަހުލުވެރިންގެ ބަހުން ބުރކީނާ ފާސޯގެ މާނައަކީ “ ތެދުވެރިންގެ ބިން “ އެވެ. އެ ގައުމުގެ ނަން އަޕަރ ވޯލްޓާއިން ބުރކީނާ ފާސޯ އަށް ބަދަލުކުރީ 1984 ގައި އޭރުގެ ރައީސް ތޯމަސް ސަންކަރާގެ ރިޔާސަތުގައެވެ.
ބުރކީނާފާސޯގެ 37 އަހަރުގެ ޒުވާން ލީޑަރ، މިލިޓްރީ ކެޕްޓަން އިބްރާހިމް ޓްރައޯރޭ އަކީ އެފްރިކާ ވަންތަ ކަރިސްމަޓިކް ބޭފުޅަކު ކަމުގައި 2022 ވަނައަހަރުންފެށިގެން މި ވޭތުވެ ދިޔަ މަދު ދުވަސްކޮޅުގެތެރޭގައި ދުނިޔެއަށް ސާބިތުކޮށް ދެއްވައިފިއެވެ. އެ މަނިކުފާނަށްޓަކައި ބުރކީނާ ފާސޯ ގެ ރައްޔިތުން ފަޚްރުވެރިވުން ފާޅުކުރަމުން ގެންދާއިރު އެފްރިކާގެ ގައުމުތަކުގައިވެސް އެމަނިކުފާނަކީ ރައްޔިތުންގެ މެދުގައި ވަރަށް މަގްބޫލު ބޭފުޅަކަށް ވެއްޖެއެވެ. ބައެއް އެހެން ގައުމުތަކުގައިވެސް އެމަނިކުފާނަށް ރައްޔިތުނަށްޓަކައި ވެރިކަން ކޮށްދެއްވާ ބޭފުޅެއްގެ މަގާމު ލިބި ވަޑައިގެންފިއެވެ. އެ މަނިކުފާނުގެ އަޒުމަކީ މިހާރުވެސް އެ ގައުމުގައި ވަކި ހިއްޕާލާފައި އޮތް ހުޅަނގުގެ އިސްތިއުމާރުގެ ވަކިތަކުން ގައުމު މިނިވަން ކުރުމެވެ. އެ މަނިކުފާނުގެ އަޑު މުޅި އެފްރިކާ ބައްރުގައިވަނީ ގުގުމާލާފައެވެ. އެ މަނިކުފާނު ބޭނުންފުޅުވަނީ ތޯމަސް ސަންކަރާ ފަދަ އެފްރިކާގެ ޝަރަފްވެރި ލީޑަރުންގެ ދައްކާފައިވާ މަގުން ހިންގަވާށެވެ. އެ މަނިކުފާނަކީ ތަފާތު ސްޓައިލެއް ގެންގުޅުއްވާ ކުޑަކޮށް މެނުވީ ހިނިތުންވާ ބޭފުޅެއް ނޫނެވެ. އެ މަނިކުފާނު އެންމެ ފާހަގަކުރެނީ އަމިއްލަ ނަފުސަށް އިންތިހާއަށް އިތުބާރުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.
“ ގައުމުގައި ވެރިކަން ކުރަންޖެހޭ ގޮތަކީ އެއީ ކަމަށް ބުނެ އިރުމަތީ އެފްރިކާގެ ކެންޔާގެ ސިޔާސީ ބޭފުޅުންނާއި ލިއުންތެރިން ކެޕްޓަން އިބްރާހިމް ޓްރައޯރޭ އަށް ތައުރީފް ކުރަމުންގެންދާއަޑު އަހަރެން އެތައްފަހަރަކު އަޑު އަހައިފީމެވެ. “ ގްލޯބަލް ކޮންސަލްޓީ ފާމްގެ ސީނިއަރ ރިސާރޗަރ ބެވަރލީ އޯޗިއެންގް ބީ ބީ ސީ އަށް ކިޔާދިނެވެ. އެފްރިކާގެ ލީޑަރުންނަށް އިބްރާހިމް ޓްރާއޯރޭ ދެއްވާ މެސެޖަކީ އެފްރިކާ ބައްރަށް އެތައްގޮތަކުން މުއްސަނދި ބިންތަކެއް ލިބިފައިވާއިރު ގައުމުގެ ރައްޔިތުން ބަނޑަށް ޖެހި ބޯހިޔާވަހިކަމެއް ނެތިފައިވަނީ ހުޅަނގުގެ ލީޑަރުންގެ ފައިބުޑަށްވެއްޓި ސަލާންޖަހާ ބައެއްގެ ގޮތުގައި ދެމިތިބުން އިޚްތިޔާކުރައްވާފައިވާތީއެވެ. އެ ބޭފުޅުންނަށް މަގުއޮޅެންވީ ސަބަބަކީ ކޮބައިތޯ ސުވާލު ކުރައްވާކަމަށްވެސް އެ ކަމަނާ ކިޔާދީފައި ވެއެވެ. މިސް ބެވަރލީ އޯޗިއެންގް ގެ ވާހަކައިގާ އިބްރާހިމް ޓްރައޯރޭ އެންމެ ފުރަތަމަ އެފްރިކާގެ ގައުމުތަކަށް ފާހަގަވެގެން ދިޔައީ 2023 ވަނައަހަރު ބޭއްވުނު އެފްރިކާ ރަޝިއާ ސަމިޓްގައި އެފަރިކާގެ ގައުމުތަކުގެ ވެރިން އަރިހުގައި ހުޅަނގުގެ އިމްޕީރިއަލިސްޓުން ޖަހާ ބެރަށް ނައްޓަވާ ބަޔަކު ކަމުގައި ނުވެ އެފްރިކާއަށްޓަކައި ވެރިކަން ކުރާ ބަޔަކަށް ވުމަށް ދެންނެވި ހިސާބުންނެވެ.
އަވަށްޓެރި ބެނިންގައި ވަކިވެގަންނަން މަސައްކަތްކުރަމުންގެންދާ އިސްލާމިސްޓުންގެ ކިބައިން އެ ގައުމު މިނިވަން ކޮށް ދެއްވުމަށް ދެއްވާ އެއްބާރުލުން މިހާތަނަށް ކާމިޔާބު ވެފައި ނެތުމުން އެ ކަމުގެ ހިޔަނި އެމަނިކުފާނުގެ ޕޮޕިއުލަރިޓީއަށް އެޅިފައެއް ނުވެއެވެ. އެ މަނިކުފާނު ގެންދަވަނީ އެކަމުގައި ފަރުވާ ކުޑަ ނުކުރައްވާނެކަމަށް ބެނިންގެ ލީޑަރުންނަށް ޔަގީންކޮށް އަރުވަމުންނެވެ.
ދެކުނު އެފްރިކާގެ އިންސްޓިޓިއުޓް ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ ރިސާރޗަރ އިނޮކް ރޭންޑީ އައިކިންސް ބީ ބީ ސީ އަށް ކިޔާދީފައިވާގޮތުގައި އިބްރާހިމް ޓްރައޯރޭއަކީ އެފްރިކާގެ އެންމެން ރުހޭ ބޭފުޅަކަށް ނުވިޔަސް ހަމަގައިމުވެސް އެ މަނިކުފާނުގެ އާދަޔާ ޚިލާފް އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނަކީ އެފްރިކާ ބައްރުގެ އެންމެ މަގްބޫލު ޝަޚްސިއްޔަތު ކަމުގައި ވަނީ ބަލާގެންފައެވެ. އެފްރިކާގެ ބައެއް ލީޑަރުންގެ ސިޔާސަތަށް ފާޑު ކިއުއްވަމުންގެންދަވާތީ ބައެއް ބޭފުޅުންނަށް އެމަނިކުފާނު ކަމަކު ނުދެއެވެ.
ސިފައިންގެ ބާރުގައި ކުރީގެ ވެރިކަން ވައްޓާލުމަށްފަހު ލެޕްޓަން އިބްރާހިމް ޓްރާއޯރޭ އެންމެ އިސްކަމެއްދެއްވީ ކުރީގެ އިސްތިއުމާރީން، ފަރަންސޭސިންގެ ބާރު އެގައުމުން ފޮހެލުމަށެވެ. އެ މަގްސަދުގައި ވަރުގަދަ އެއްބައިވަންތަކަމެއް ރަޝިޔާއެކު އުފަން ކުރުވިއެވެ. އެއަށްފަހު ލެފްޓް-ވިންގް އިކޮނޮމިކް ސިޔާސަތެއް ( ގައުމުގެ މުއްސަނދިކަން ހަމަހަމަގޮތެއްގައި ބެހެވިގެންދާނެ ސިޔާސަތެއް ) ގާއިމް ކުރެއްވިއެވެ. މައުމުގައި ބިންކޮނެގެން މައުދަން ނެގުމަށްޓަކައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައި ބޭރުގެ ކުންފުނިތަކުން އެ މަސައްކަތްކުރާނަމަ %15 ސަރުކާރުގެ ކުންފުންޏަށް ދިނުމާއި އޮޕަރޭޝަނާއި އަދި ތަޖްރިބާކާރުންނަކީ ބުރކިނަބޭ ގެ ރައްޔިތުންކަމުގައި ކަނޑައެޅުއްވިއެވެ. ބުރކީނާ ފާސޯގެ ބިމުން ރަން ކޮނެގެން ނެގުމަށް މިދިޔަ އޭޕްރިލް މަހު ލައިސަންސް ދީފައިވާ ރަޝިޔާގެ ނޯރޑް ގޯލްޑުންވެސް އަމަލުކުރަން ޖެހޭނީ އެ ގާނުނަށް ކަމުގައި ކަނޑައެޅުއްވިއެވެ. ޓްރައޯރޭ ވިދާޅުވެފައިވަނީ ބުރކީނާފާސޯގެ ރައްޔިތުނަށް ފައިދާ ނުކުރާގޮތަކަށް އެގައުމުގެ މުއްސަނދިކަން ބޭނުން ނުކުރެވޭނެ ކަމަށެވެ. މިކަން ކަށަވަރު ކުރުމުގެ ބޭނުމުގައި ސަރުކާރުންވެސް މިހާރު ވަނީ ފުރަތަމަ ފަހަރަށް ގޯލްޑް ރިފައިނަރީއެއް ގާއިމް ކޮށްފައެވެ. ބުރކީނާ ފާސޯއަކީ ޒުވާނުން ގިނަ ރައްޔިތެއް ދިރިއުޅެމުންގެންދާ ގައުމަކަށް ވެފައި އިބްރާހިމް ޓްރައޯރޭ އަކީވެސް ޒުވާން ބޭފުޅަކަށް ވެފައި އަދި އެމަނިކުފާނުގެ މަގްސަދަކީ އުޅި އެފްރިކާގެ މަގްބޫލުކަން ހޯއްދެވި ކުރީގެ ރައީސް ތޯމަސް ސަންކަރާގެ ރިޔާސަތުގައި ގެންގުޅުއްވި ސިޔާސަތު ތަންފީޒު ކުރެއްވުން ކަމަށް ބެލެވޭތީ އެމަނިކުފާނުގެ މަގްބޫލުކަން ކުޑަވެގެން ނުދާނެކަމަށް އިންޓަރނޭޝަނަލް ކްރައިސިސް ގުރޫޕްގެ އެފްރިކާ ޑެޕިއުޓީ ޑިރެކްޓަރ ރިނާލްޑޯ ޑިޕާގްނޭ ގަބޫލު ކުރައްވައެވެ.
ޑިމޮކްރެސީއަކީ ދުނިޔޭގައި އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމްކަމަށް ގިނަބަޔަކު ގަބޫލުކުރި ނަމަވެސް އެފްރިކާގެ 39 ގައުމަކުން ޑިމޮކްރެސީއާ މެދު ދެކޭގޮތަވަނީ ތަފާތު ވެފައެވެ. ޑިމޮކްރެސީގެ ވެރިކަމެއްގައި ޒުވާނުންގެ އުންމީދުތަކަށް ކުލަޖެހޭ ތަނެއް ނުފެނެއެވެ. އަދި ޒުވާނުންނަށް ބޭނުންވާ ތައުލީމާ ހުނަރު އަދި ގައުމަށް ބޭނުންވާ ސިއްހީ ފަރުވާގެ އިންތިޒާމް ތަކާއި ވަޒީފާގެ ފުރުސަތު ފަހިކޮށްދެވޭކަމަށް ގަބޫލުކުރެވެން ނެތްކަމަށް ގާނާގެ ސިޔާސީ މުހައްލިލް ޕްރޮފެސްރ ކްވޭސީ އިނިންގް ބީ ބީ ސީ އަށް އޮޅުންފިލުވާދިނެވެ. މި ހަގީގަތުގެ މައްޗަށް ބިނާކޮށް އިބްރާހިމް ޓްރައޯރޭ ވަނީ 2 ސިޔާސަތެއް ހާމަކުރައްވާފައެވެ. އެއީ ގާނާގެ ކްވާމޭ ންކުރޫމާހ އާއި ކެނެތު ކައުންޑާ އާއި ޖެރީ ރޯވްލިން އަދި ބުރކީނާ ފާސޯގެ ތޯމަސް ޝަންކަރާ ގެންގުޅުއްވި ސިޔާސަތެވެ.
ކެޕްޓަން ޓްރާއޯރޭ އަކީ އާންމު ރައްޔިތުނެ ތެރެއަށް ނިކުމެ ވަޑައިގެން އެމީހުންގެ ބޭނުންތައް އަޑު އައްސަވަން ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެއްނޫނެވެ.
މިދިޔަ ޖެނުއަރީ މަހު ގާނާގެ ރައީސް ޖޯން މަހާތުމާ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތަށް ޓްރައޯރޭ ސިފައިންގެ ޔުނިފޯމްފައި ވަޑައިގަތުމުން އެހެން 21 ގައުމެއްގެ ވެރިން ހާޒިރުވެ ވަޑައިގެން ތިއްބެވި އިރު ރައީސް މަހާތުމާގެ ބޮޑީ ގާރޑްވެސް ޓްރައޯރޭ އަރިހަށް ދުވެފައި ވަޑައިގަތުމުން އެމަނިކުފާނުގެ ޝަޚްސިއްޔަތު އަންދާޒާކުރެވިގެން ދިޔަކަމަށް ޕްރޮފެސަރ އިނިންގް ބުނެފައި ވެއެވެ.
ސިފައިންގެނައި އިންގިލާބެއްގައި އޭރުގެ ވަގުތީ ރައީސް ވެރިކަމުން ދުރުކުރުމަށްފަހު އުމުރުފުޅުން 37 އަހަރުގެ ކެޕްޓަން އިބްރާހިމް ޓްރައޯރޭ ބުރކީނާ ފާސޯގެ ވެރިކަމަށް ވަޑައިގަތީ 2022 ސެޕްޓެމްބަރ މަހުގައެވެ. ދުނިޔޭގައި ގައުމެއްގެ ދެވަނައަށް އެންމެ ޒުވާން ލީޑަރ ގެ ޝަރަފްވެރި ކަމާއެކުގައެވެ. މިލިޓްރީގައި އެމަނިކުފާނަށް އައި ބީ ގެ ނަން ބޭނުންކުރެވެއެވެ.
އެފްރިކާގެ އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ބުރކީނާ ފާސޯ ހިމެނޭއިރު އެ ގައުމުިއސްތިއުމާރު ކޮށްގެން އުޅުނު ފަރަންސޭސި ވިލާތުން އެ ގައުމުގެ ރައްޔިތުންނާއި ކުންފުނިތައް ނުގެންދަން ގަދަހަދަނީ ކީއްވެގެންތޯ ސުވާލު ކުރައްވައި އަދި ކެޕްޓަން ޓްރައޯރޭ ޖަވާބުވެސް ދެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ ބުރކީނާފާސޯ އާއި ޖެހިގެން އޮތް މާލީ އާއި ނައިޖަރ އަކީ މުއްސަނދި ބިންތަކެއް ލިބިފައިވާ ގައުމުތަކެކެވެ. އިސްތިއުމާރީން އެބިންތަކުގައި އެކުލެވޭ މައުދަންތަކުން ވައްކަންކުރުން ދަމަހައްޓަން ބޭނުންވާތީ ނުފައިބަން ގަދަ ހަދަނީއެވެ. ބުރކީނާ ފާސޯގައި ތިބި ބޭރުގެ ކުންފުނިތަކަށް ކުރިން ދީފައިހުރި ލައިސްންސް ބާތިލުކޮށް އެ ގައުމުގެ ރައްޔިތުން ލައްވާ އެ މަސައްކަތްކުރުމަށާއި އަދި އެކަމުން ލިބޭއާމްދަނީއެއް ގައުމުގެ ރައްޔިތުންނަށް އެންމެބޮޑު ލާބަޔަކާއި ފައިދާއެއް ލިބޭނެ ނިޒާމަކަށް ބަދަލު ކުރެވިގެން ހިނގައްޖެއެވެ.
ރައީސް ޓްރަމްޕް ފޯނުކުރެއްވުމުން ގައުމުގެ ކަންތަކާއުޅެންޖެހިފައިވުމުން ވަގުތެއް ނެތޭ ވިދާޅުވެ ޖަވާބު ދެއްވިއެވެ.
ސައޫދީ އެރޭބިޔާގެ ވަލީ އަހްދު ގުޅުއްވާފައި ބުރކީނާ ފާސޯގައި 200 މިސްކިތް އަޅުއްވާދެއްވަން ބޭނުންފުޅުކަމަށް ވިދާޅުވުމުން ބޭނުމެއް ނޫނޭ މި ގައުމުގެ ރައްޔިތުން ކޮންމެ ތަނެއްގައިވެސް ނަމާދު ކޮށްފާނެއޭ މި ގައުމަށް ބޭނުންވަނީ އިންވެސްޓް ކުރާނެ ފަރާތްތަކޭ ދެންނެވި ކަމަށްވެއެވެ.
އައ އެމް އެފް އިން ބުރކީނާ ފާސޯއަށް ދަރަންޏަށް ފައިސާދެވިދާނެ ކަމަށް ދެންނެވުމުން ބޭނުމެއް ނޫނެ ވިދާޅުވިއެވެ. އަދި ދަރަންޏަށް ފައިސާނެގުމަކީ އެންމެ ބޮޑު އަޅުވެތިކަން ކަމުގައި ވިދާޅުވިއެވެ.
އިނގިރޭސި ވިލާތައި ނިއުޒީލޭންޑްގެ ޖުމުލަ އޭރިޔާއަށް ވުރެން ބޮޑު ބުރކީނާ ފާސޯގައި ފަރަންސޭސި އިސްތިއުމާރުންގެ އަތްދަށުން މިނިވަންކަން ލިބުނުފަހުން ފާއިތުވެގެން ދިޔަ 62 އަހަރުގެ ދިޔަ ދިގު ޒަމާނުގައި ބުރކީނާ ފާސޯގައި ރަނަގަޅުފެންވަރަކަށް ހަދާފައިވާ މަގުތަކުގެ ދިގުމިނަކީ ޖުމުލަ 3400 ކިލޯމީޓަރެވެ. 2022 ވަނައަހަރު އިބްރާހިމް ޓްރެއާރޯ ވެރިކަމަށް އައުމަށްފަހު މަގުހެދުމަށް ބޭނުންވާ ވަސީލަތްތައް ގެނައުމަށްފަހު ގައުމުގެ ރައްޔިތުންލައްވާ މަގުހެދުމަށް ގަސްދުކުރައްވައި އަހަރަކު 5000 ކިލޯ މީޓަރގެ މަގު ހެދުމަށް ނިންމެވިއެވެ. އަދި އަހަރުގެ މެދުތެރެއަށް ދެވުނު އިރު އެ އަމާޒު ފުރިހަމަކުރެވިއްޖެއެވެ. ހިންގުން ތެރިކަމަކީ ހަމައެކަނި ފިނިކޮޓަރީގައި އިނދެގެން ގޮތްކިޔާދިނުމެއްނޫންކަން ސާބިތު ކޮށް ދެއްވައިފިއެވެ.
2023 ގައި ބުރކީނާ ފާސޯއިން ފަރަންސޭސި ސިފައިން ބޭރުކޮށްލުމުގެ ރުޅީގައި ހުޅަނގުގެ ދޮގުތައް މިހާރުވަނީ އިބްރާހިމް ޓްރައޯރޭއަށް އަމާޒުކޮށްފައެވެ. އެ ގައުމުގެ ރަނުން ލިބޭ އާމްދަނީ ރައްޔިތުންގެ ފައިދާއަށް ހޭދަކުރުމުގެ ބަދަލުގައި މިލިޓްރީއަށް ހޭދަކުރުމުގެ ދޮގު އިލްޒާމް ތަކެވެ.
މިހާތަނަށް ބުރކީނާ ފާސޯ ދުށް އެންމެ ބޮޑު ރެލީގައި އިބްރާހިމް ޓްރާއޯރޭ އަށް ތާއީދުކޮށް ފާޅުކުރި ޝުއޫރު ތަކުގައި ކޮލިން ފަވަލް ދޮގުހަދައިގެން އިރާގު ވިރާނާ ކޮށްލައިފީ މުއެވެ. ބަރަކައޮބާމާގެ ދޮގުތަކުގައި ކާނަލް ގައްޒާފީ މި ދުނިޔެއިން ވަކިކޮށްފީމުއެވެ. ކެޕްޓަން ޓްރައޯރޭއާ ހަމަޔަށް އެ ދޮގުތައ އަޔަކަ ނުދޭނަމެވެ. މި ފަދަ ޝުއޫރުތައް ބޭނުންކޮށްފައި ވެއެވެ.
ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ބުރކީނާ ފާސޯގައި 2023 ވަނައަހަރު އެވްރެޖް ގޮތެއްގައި ދުވާލަކު 2 ޑޮލަރުން ދިރިއުޅުމުގެ ޚަރަދުތައް ފޫބައްދަން ޖެހިފައިތިބި ފަގީރުންނަށް ދަނޑުވެރިކަމުގެ ވަސީލަތްތަކުން މިހާރު ލިބޭ އާމްދަނީއަށް %24 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.
ބުރކީނާފާސޯގައި ފަށާ ތައުލީމުން ފެށިގެން ޔުނިވަރސިޓީއާހަމަށް ސަރުކާރުގެ ޚަރަދުގައި ކިޔަވާދިނުމަށް ވަނީ ނިންމަވާފައެވެ. މާބަނޑު އަންހެނުންގެ ހުރިހާ ސިއްހީ ޚިދުމަތެއް ސަރުކާރުގެ ހޮސްޕިތަލްތަކުން ހިލޭ ސާބަހަށް ލިބޭނެއެވެ.