ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ސޯޝަލް މީޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގު ހެދުމާ ގުޅޭގޮތުން އާންމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މިގޮތުން ޚިޔާލު ހުށަހެޅުމަށްޓަކައި ދީފައިވާ ކިއު އާރު ކޯޑް ސްކޭން ކުރުމަށްފަހު ޚިޔާލު ހުށަހެޅުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
މީގެ އިތުުރުން، ދީފައިވާ ލިންކުގައިވާ ގޫގުލް ފޯމުންވެސް ޚިޔާލު ހުށަހެޅޭނެކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
މި މަސައްކަތުގައި އާންމުންގެ ޚިޔާލަކީ ވަރަށް މުހިންމު އެއްޗެއް ކަމަށްވާތީ، ގިނަ ބަޔަކު މި ސަރވޭގައި ބައިވެރިވުމަށް އެމްޓީސީސީން އެދެއެވެ.
ހެންވޭރު ފެރީ ޓަރމިނަލުން ފެށިގެން މިހާރުގެ ލޯކަލް މާރުކޭޓު ހުންނަ ހިސާބާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.