މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 26ގައި

Loading

May 17, 2025
profile
Facebook
Twitter
WhatsApp

މައްކާ ރޫޓް ރަސްމީކޮށް ލޯންޗުކުރުން މި މަހުގެ 26 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މި ޙަފްލާއަށް ސަޢޫދީ ޢަރަބިއްޔާގެ މަތީފެންވަރުގެ ވަފުދެއް ވަޑައިގަންނަވާނެ ކަމަށެވެ.

ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތަކާއި މައްކާ ރޫޓް ތަންފީޒުކުރުމުގެ ތައްޔާރީތަކަށް، ސަޢޫދީ ޢަރަބިއްޔާގެ ފޮރިން މިނިސްޓްރީއާއި ޙައްޖު މިނިސްޓްރީއާއި އިމިގްރޭޝަނުގެ މަތީފެންވަރުގެ ޓީމެއްވެސް ވަނީ ރާއްޖެވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، ދިވެހި ޙައްޖުވެރިންނަށް ދޭ ޚިދުމަތްތައް ކުރިއަރުވައި ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓްރީން ދަނީ ގިނަ މަސައްކަތަކެއް ކުރަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް