ސްކޭމް ލިންކުތަކަކާ ގުޅިގެން، އެކަމަށް ސަމާލުވުމަށް، ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުން މަޢުލޫމާތުދޭގޮތުގައި ސްކޭމަރުން ދަނީ ޓެލެގްރާމް ބޭނުންކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ލިންކުތަކެއް ފޮނުވަމުންނެވެ. މި ލިންކުތަކުގައި ބުނެފައިވަނީ މެސެޖު ލިބޭ ފަރާތުގެ ފޮޓޯތަކެއް އެ ލިންކުގައި ހިމެނޭ ކަމަށެވެ.

އެ ލިންކަށް ވަނުމުން ވެރިފިކޭޝަން ކޯޑު ހޯދުމަށް އެމީހުން މަސައްކަތްކުރާނެ ކަމަށާއި، ކޯޑު އެއްވެސް ފަރާތަކަށް ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެފަދައިން ކޯޑު އެމީހުންނަށް ލިބިއްޖެނަމަ ޓެލެގްރާމް އެކައުންޓު ސްކޭމަރުންގެ ބާރުގެ ދަށަށް ގެންދާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.