ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހިއްޖެ

Loading

May 15, 2025
profile
Facebook
Twitter
WhatsApp

ހުޅުމާލޭގައި ކުޑަކުއްޖަކު އުރައިގެން މަގު ހުރަސްކުރަން އުޅުނު އަންހެނެއްގެ ގައިގައި ސައިކަލަކުން ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަގޮތުގައި އަންހެންމީހާ މަގު ހުރަސްކުރަސްކުރަމުން ދަނިކޮށް ދުއްވާފައި އަންނަ ސައިކަލަކުން އޭނާގެ ގައިގައި ޖެހެއެވެ. އަދި އަންހެންމީހާއާއި ކުޑަކުއްކުއްޖާގެ އިތުރުން ސައިކަލު ދުއްވަންއިން މީހާވެސް ވެއްޓެއެވެ.

މި ހާދިސާގައި ހިމެނޭ ތިން މީހުންނަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެންމެންނަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ފަރުވާދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް