ފޯނު ބޭނުންކުރަމުން ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއަކާ ގުޅިގެން ދުއްވި މީހާ ޖޫރިމަނާކޮށް، ސައިކަލު ޓޯކޮށްފިއެވެ.
ފުލުހުން ބުނީ ޓްރެފިކް އިންވެސްޓިގޭޝަނުން މައްސަލަ ބެލުމަށްފަހު، ދުއްވި މީހާ 2000 ރުފިޔާއިން ޖޫރިމަނާކޮށްފައި ވާކަމަށާއި އަދި
30 ދުވަހުގެ މުއްދަތަށް ސައިކަލު ޓޯކޮށްފައި ވާކަމަށެވެ.
މި ވީޑިއޯއަކީ އަމިއްލަ ފަރާތަކުން މީސްމީޑިއާއަށް ދޫކޮށްލާފައިވާ ވީޑިއޯއެކެވެ.
މަގު ބޭނުންކުރާ ހުރިހާ ފަރާތްތަކުން، އެންމެހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޓްރެފިކް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށްހިތުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.