ޗިމްޕަންޒީ ކިޔާ ރާމާމަކުނު ޖަންގަލީގެ ފަތްޕިލާވެލި، ފަރުވާގެ ގޮތުގައި ބޭނުންކުރޭ

Loading

Facebook
Twitter
WhatsApp

ބޭހުގެ ގޮތުގައި ބޭނުންކުރާ ބައެއް ފަތްޕިލާވެލީގެ ބޭނުން، ޗިމްޕަންޒީ ކިޔާވައްތަރުގެ ރާމާމަކުނުތައް ކުރަމުން ދަނިކޮށް ފިލްމަށް ނަގާ ރިކޯޑް ކުރެވިއްޖެއެވެ. މިކަން ކޮށްފައިވަނީ ޔުގަންޑާގެ ޖަންގައްޔެއްގައި ރިސާޗް މަސައްކަތް ކުރަމުންގެންދިޔަ ޔުނިވަސިޓީ އޮފް އޮކްސްފޯޑްގެ ސައިންޓިސްޓުންގެ ޓީމަކުންނެވެ. ޔުގަންޑާގެ ޓީމަކާވެސް ގުޅިގެން ކުރިމަސައްކަތުން ހާވެފައިވާ ގޮތުގައި އެފަދަ ފަތްޕިލާވެލި ހަފާ ޗަސްކުރުމަށްފަހު މަކުނުގެ އަމިއްލަގައިގަ ހުންނަ ފާރުގަނޑުގަ އަދި ބައެއްފަހަރު އެކަތި އަނެކަތީގެ ގައިގަ އަޅާތަން ފެނެއެވެ.


ސައިންޓިސްޓުން ކުރިޔަށް ގެދިޔަ ރިސާޗް މަސައްކަތެއްގެ ތެރޭން މިކަން މިހާ ސާފުކޮން ފުރަތަމަ ހާމަ ވެފައިވަނީ މިދިޔަ އަހަރުއެވެ. އޭގެފަހުން އަދިވެސް އެގްރޫޕުން ދަނީ މިމަސައްކަތް ކުރަމުންނެވެ. މީގެކުރިން، ފާއިތުވީ ދިހަ އަހަރުވެސް އެކިއެކި ޖަނަވާރުތަކާ ގުޅުވާ ޖަންގަލީގެ ”ފަސްޓްއެއިޑް“ އާއިބެހޭ ކެޓަލޮގެއް ތައްޔާރު ކުރުމުގެ މަސައްކަތް ސައިންޓިސްޓުން އައީ ކުރަމުން ކަމަށް ވެއެވެ.
މި ސްޓަޑީއިން ހާމަވެފައިވާ ގޮތުގައި ޗިމްޕަންޒީ އާއި އޮރަންގުޓަން އަދި ގޮރިއްލާ ވެސް ބަލިވެއްޖެނަމަ ޖަންގަލިތަކުން ގުދްރަތީގޮތުން ލިބެން ހުންނަ ”ބޭސް“ އެކިގޮތްގޮތަށް ބޭނުން ކުރަމުން ގެންދެއެވެ. އަދި ރިސަރޗް ޓީމް އަށް ފެނިފައިވާ ގޮތުގައި އަންހެން ޗިމްޕަންޒީއެއް ވަކިވައްތަރެއްގެ ފަތް ހެފުމަށްފަހު އޭނާގެ މަންމަގެ ގައިގައިހުރި ފާރުގަނޑެއްގައި އަޅާތަން ފެނެއެވެ. އަދި ގާތްކަމެއްނެތް، ދުރުން އަންނަ ޗިމްޕަންޒީތަކަށް ވެސް މިފަރުވާ ދޭތަން ފެންނަ ކަމަށް ވެއެވެ.
ޖަނަވާރުތަކުގެ އުޅުމާއިބެހޭ ލޮގް ފޮތްތަކުން ހާމަވެފައިވާ ގޮތުގައި ޖަނަވާރުތައް ހިފުމަށް އެކިފަރާތްތަކުން ޖަހާފައިވާ ދަންމަޅި ތަކުގައި ބެދުމުން އެތަކެތި ނައްޓާދިނުމަށްވެސް އެކަތި އަނެއްކައްޗަށް އެހީތެރިވެދެއެވެ. އިސް ރިސަރޗަރ ބުނެފައިވާ ގޮތުގައި މިކަންކަމުން ޗިމްޕަންޒީ ތަކުގެ ކިބައިގައިވެސް ރަހުމާ ހަމްދަރުދީ ހުންނަ ކަންވެސް ހާމަވެއެވެ.
އިންސާނުންގެ އުޅުމާ އެއްގޮތް އެހެން ގިނަ ކަންތައްތަކެއް ވެސްވަނީ ޗިމްޕަންޒީތަކުގެ ފުށުން ހާމަވެފައެވެ.މިގޮތުން ފާހާނާ ކުރުމަށްފަހު ފަތުން ފޮހެ ސާފުތާހިރުވުންފަދަ ކަންތައް ރިސާޗަރުން ފާހަގަ ކޮށްފައިވެއެވެ.
ބޭހުގެ ގޮތުގައި މަރުނުތައް ބޭނުން ކުރާކަމަށް ފާހަގަ ކުރެވުނު ފަތުގެ ބާވަތްތައް ނެރެ، ސައިންޓިސް ހެދި ތަހްލީލުތަކުން ހާމަވެފައިވާ ގޮތުގައި އެފަދަ ގިނަ ފަތްތަކުގައި ބެކްޓީރިޔާތައް ބަލިކޮށްލާ ފަދަ މާއްދާތައް ހިމެނެއެވެ. މިފަދަ ފަތްތައް ބޭނުންކޮށްގެން ބޭހުގެ އިތުރުބާވަތްތައް އުފެއްދުމަށް ރިސަރޗްތައް ހެދޭނެ ކަމަށް ސައިންޓިސްޓުން ބުނެފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް