ބޮޑެތި މަގުތަކުގައި ގަވައިޚިލާފަށް ޕާކުކޮށްފައިހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނަގަން ފަށައިފި

Loading

May 13, 2025
profile
Facebook
Twitter
WhatsApp

މާލޭގެ ބޮޑެތި މަގުތަކުގައި ގަވައިދާ ޚިލާފަށް ޕާކުކޮށްފައިހުރި ހަތަރު ފުރޮޅުލީ އުޅަނދުތައް ނެގުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މިއީ އެންމެންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، މަގުތައް ބޭނުންކުރާ ފަރާތްތަކުގެ ފަސޭހައަކަށްޓަކައި ކުރާ ކަމެއް ކަމަށެވެ.

ފުލުހުން މީގެ ކުރިންވެސް ވަނީ އެކިފަހަރުމަތިން، މަގުމަތީގައި ގަވައިދާ ޚިލާފަށް ބަހައްޓާފައި ހުންނަ ވެހިކަލްތައް ނަގާފައެވެ.

ގަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ، އަދި ބޭނުންނުކޮށް ގިނަދުވަސް ވަންދެން މަގުމަތީގައި ބަހައްޓާފައި ހުންނަ މިފަދަ އުޅަނދުތަކާ ގުޅިގެން އާންމުން ދަނީ އެކި ޕްލެޓްފޯމްތަކުގައި އެކަމުގެ ޝަކުވާކުރަމުންނެވެ.

މީގެއިތުރުން، އުޅަނދުތައް ދުއްވާ ފަރާތްތަކުންވެސް ބުނަމުންދަނީ ޕާކުކުރާނެ ޖާގަ ނުލިބޭކަމަށާއި އެހެންކަމުން އެކި ތަންތަނުގައި ޕާކުކުރަންޖެހޭ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް