ލޯބިވެރިޔާގެ ތަފާތު އިމްތިހާނެއް

Loading

Facebook
Twitter
WhatsApp

ވަރަށް ރިތި ޒުވާން އަންހެނަކު އޭނާގެ މުއްސަނދި ލޯބިވެރިޔާ އާއި އެކު ވަރަށް މަތީފެންވަރުގެ ރެސްޓޯރަންޓަކަށް ރޭގަނޑުގެ ކެއުމަކަށް ދިޔައެވެ. ދެމީހުން ގޮސް މޭޒެއްގެ ކައިރީ ހަމަޖެހިލުމުން އެމީހުންގެ އޯޑަރު ނެގުމަށް އެތަނަށް ވެއިޓްރެސް އަކު އަޔެވެ. ނަމަވެސް އައީ އުމުރުން ދުވަސްވެފައިހުރި އަންހެން ވެއިޓަރެކެވެ.


މިކަމާ ޒުވާން އަންހެންމީހާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި،ކަރުބުޑުން އަޑެއް ލައްވާލުމަށްފަހު ދެބުމަ ގޮށް ޖަހާލިއެވެ. އަދި ބުންޏެވެ.“ތަންކޮޅެއް ޒުވާން މީހަކު އަންނާނެ ނަމައެވެ. މީނަ މާ ”ސްލޯ“ އެވެ“. އެވަގުތު އުމުރުން ދުވަސްވީ ވެއިޓަރަށް މިއަޑު އިވުނުކަމަކަށް ނުހަދައެވެ. ވަރަށް ހިތްހެޔޮކަމާއިއެކު ހިނިތުން ވެލިއެވެ.އަދި ސުވާލުކުރިއެވެ.“ގެނެސްދޭންވީ ކޮންއެއްޗެއް ތޯއެވެ“. މިހެން އެހުމުން ޒުވާން އަންހެންމީހާ ފާޑަކަށް މަލާމާތުގެ ރާގެއްގައި،ނީވޭނެ ގޮތަށް ކަމަށްހަދާފަ ބުންޏެވެ.“ބޭނުމީ ތަންކޮޅެއް ޒުވާން ވެޓްރެސް އެކެވެ“.މިހެން ބުނެފަ ބާރަށް ހީގަތެވެ.އެވަގުތު އޭނާގެ ލޯބިވެރިޔާ އެއްވެސް އެއްޗެކޭ ނުބުނެ އަންހެންމީހާ އުޅޭގޮތް ބަލަން މަޑުމަޑުން އިނެވެ.
ކެއުން ގެނެސް ދެމީހުން އެޔަށް އިންސާފް ކުރުމަށްފަހު ގެޔަށް ދާވަގުތު ޖެހުމުން އަންހެންމީހާ ބުންޏެވެ. ”އަވަހަށް ގެޔަށްދަމާ ހިނގާށެވެ. ކުޑަކުޑަ ޓިޕްއެއް ބާއްވާށެވެ.އެހާ ހަރަކާތް ލަސްމީހަކަށް ކޮންމެހެން މާބޮޑު ޓިފްއެއް ދޭކަށް ނުޖެހޭނެއެވެ.“ ފިރިހެންމީހާ ބޯޖަހާލިއެވެ.ނަމަވެސް ސިޓީ އުރަޔަކަށް ލުމަށްފަހު ވަރަށް ގިނައަދަދެއްގެ ފައިސާ މޭޒުމަތީގައި ބޭއްވިއެވެ.
ދެމީހުން ރެސްޓޯރަންޓުން ބޭރަށް ނިކުތް ވަގުތު އަންހެންމީހާ ސުވާލުކުރިއެވެ.“ލޯބި ކޮންމެވެސް ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިހެން ހީވެއެވެ.ކަމެއް ވީހެއްޔެވެ؟“. މިހެން ބުނުމުން ފިރިހެންމީހާ ބުންޏެވެ.“މިތަނުގައި ހުރި ވެއިޓްރެސް އަކީ ހަމަ އާދައިގެ އުމުރުން ދުވަސްވީ ވެއިޓްރެސް އެއްނޫނެވެ.އެއީ އަހަރެންގެ މަންމައެވެ. މަންމަ އެތަނުގައި ހުރީ އަހަރެންގެ އެދުމަކަށެވެ.“
އެވަގުތު ޒުވާން އަންހެންމީހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ.ފިރިހެންމީހާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ”އަހަރެން މިގޮތަށް ކަންތައް މިކުރީ ކަލޭ އިމްތިހާނެއް ކޮށްލުމުގެ ގޮތުންނެވެ. އެއިމްތިހާނަކީ ތިމާޔަށްވުރެ ދަށް ފަންތީގެ މީހުނާމެދު ކަލޭ ކަންތައް ކުރާނެގޮތް ބަލާލުމެވެ. އިމްތިހާނުން ކަލޭ ތިވަނީ ފެއިލްވެފައެވެ.“
ހައިރާންވެ، ދެރަވެފައި ހުރި އަންހެންމީހާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އޭނާ ޕޭވްމަންޓްމަތީގައި އެކަނި ބެހެއްޓުމަށްފަހު ފިރިހެންމީހާގެ އަގުބޮޑު ކާރަށް އަރައިގެން ބާރަށް ދުއްވާލާފަ ހިނގައްގައްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް