މުޅި ރާއްޖެއަށް ހުދު ސަމާލު

Loading

May 12, 2025
profile
Facebook
Twitter
WhatsApp

މޫސުމާބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

އެ އިދާރާއިން މިއަދު މެންދުރުފަހު ނެރެފައިވާ ހުދު ސަމާލުގައި ވާގޮތުން، މިއަދު މެންދުރުފަހު 1.15އިން ފެށިގެން އިރުއޮއްސި 6.15އާ ދެމެދު މުޅި ރާއްޖެއަށް ގަޑިއަކު 19 މޭލާ 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ވަނީ ލަފާކޮށްފައެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މިއަދު މެންދުރުފަހު 1.00އާ ހަމައަށް ފ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް އެ އިދާރާއިން ވަނީ ހުދު ސަމާލު ނެރެފައެވެ.

މިއަދާއި އަދި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެކަމަށް އިއްޔެ އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް