ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭ: މޫސުމާބެހޭ ގައުމީ އިދާރާ

Loading

May 11, 2025
profile
Facebook
Twitter
WhatsApp
ފޮޓޯ: އައިޝާ

ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށް ލަފާކުރެވޭކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މަޢުލޫމާތު ދޭގޮތުގައި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. މީގެއިތުރުން ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް ވަނީ ލަފާކޮށްފައެވެ.

އެހެންކަމުން މޫސުމަށް ސަމާލުވުމަށާއި، މޫސުމާބެހޭ މަޢުލޫމާތު އަދާހަމަކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން އެ އިދާރާގެ ޑިއުޓީ ފޯކާސްޓަރ ނަންބަރު 3323084 އަށް ގުޅައިގެން މަޢުލޫމާތު ސާފުކުރެވޭނެކަމަށް އެ އިދާރާއިން ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް