ސައޫދީއަށް ބޭހުގެ ގޮތުގައި 40 ކިލޯގްރާމް ކޮކެއިން އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

Loading

Facebook
Twitter
WhatsApp

ސައޫދީއަރަބިއްޔާއަށް 40ނކިލޯގްރާމްގެ ކޮކެއިން ވަގަށް އެތެރެކުރަން އުޅެނިކޮށް ޒަކާތު ޓެކްސް އެންޑް ކަސްޓަމްސް އޮތޯރިޓީން އަތުލައިގެންފިއެވެ. ބޭހުގެ ގޮތުގައި ޑިކްލެއާ ކޮށްފައިވާ ބޭސްތައް އެތެރެކުރަން އުޅެފައިވަނީ ޖިއްދާ އިސްލާމިކް ޕޯޓްގެ ތެރެއިންލާފައެވެ.


”ޒަކްޓާ“ އިން މައުލޫމާތުދީފައިވާ ގޮތުގައި ޝައްކު ކުރެވުނު ”ބޭހުގެ“ ކޮންސައިންމަންޓް ވެސް އާދައިގެ މަތިން ކުރަންޖެހޭ ހުރިހާ ކަސްޓްމް ޕްރޮސީޖިއާ ތައް ވަނީ ހަދާފައެވެ.މިގޮތުން ޑްރަގް ތައް ފެނިފައިވަނީ އެޑްވާންސް ސެކިއުރިޓީ ސްކްރީނިންގ އަދި ޚާއްސަ ކުއްތާތައް ބޭނުންކޮށްގެން ހަދާ އިންސްޕެކްޝަން ގެ ތެރެއިން ކަމަށް ބުނެފައިވެއެވެ.
ސައޫދީއަރަބިއްޔާގެ ޕަބްލިކް ސެކިއުރިޓީ ދެމެހެއްޓުމަށްޓަކާ ކަސްޓަމްސް އިން ކުރާ މަސައްކަތް އެގޮތުގައި ދަމަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ޒަކްޓާއިން ބުނެފައި ވެއެވެ. އަދި މިމަސައްކަތުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރެވޭތަކެތި ފާސް ކުރުމުގެ މަސައްކަތް ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ނާކޮޓިކްސް ކޮންޓްރޯލް އާ ގުޅިގެން ކުރިޔަށް ގެންދާނެކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ސްމަގްލް ކުރުން ހުއްޓުވުމަށް ގައުމީފެންވަރުގައި ކުރެވެމުންދާ މަސައްކަތަށް އާންމުން އެއްބާރުލުން ދިނުމަށް ގޮވާލާފައި ވެއެވެ. މިގޮތުން ޚާއްސަ ހޮޓްލައިން ބޭނުން ކޮށްގެން ދެވޭ މައުލޫމާތު ސިއްރު ކުރެވޭނެ ކަމަށާ އަދި އެގޮތަށް މައުލޫމާތު ދޭފަރާތްތަކަށް ފައިސާގެ އިނާމު ވެސް ދޭގޮތަށް ހަމަޖެހިފައިވާކަމަށް ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް