އެކްޓަރު ރާމް ކަޕޫރުގެ ބަރުދަނުންް 55 ކިލޯ ލުއިކުރީ ކިހިނެތް؟

Loading

Facebook
Twitter
WhatsApp

ޓީވީ ސިލްސިލާ ”ކަސަމް ސޭ“ އާއި ”ބަޑޭ އަޗޭ ލަގްތޭ ހޭ“ ފަދަ ސިލްސިލާތަކުން މަޝްހޫރުކަން ހޯދި އެކްޓަރު ރާމް ކަޕޫރު 51އ ދާދި ފަހުން ވަނީ އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުުރުގެ ފޮޓޯތަކެއް ހިއްސާކޮށް ފޭނުން ހައިރާންކޮށްލައިފައެވެ.

ބަރުދަނުގައި 140 ކިލޯ ހުންނަ ރާމް ކަޕޫރު އޭނާގެ ބަރުދަނުން 55 ކިލޯ ލުއިކޮށް މީހާގެ ބަރުދަން ވަނީ 85 އަކަށް ލުއިކޮށްފައެވެ.

ރާމް ކަޕޫރުގެ ބަރުދަނުން ފުރަތަމަ 30 ކިލޯ ލުއިކޮށް 110 އަކަށް ބަރުދަން ގެނެސްފައި ވަނީ 2019 ވަނަ އަހަރުއެވެ. އޭގެ ފަހުން 2024 ވަނަ އަހަރާ ހަމައަށް އޭނާ ވަނީ ބަރުދަނުން 55 ކިލޯ ލުއިކޮށް 85 ކިލޯ އަށް ބަރުދަން ތިރިކޮށް މީހާ ”ފިޓް“ ވެލާފައެވެ.

އޭނާގެ އަންހެނުން ގޯތަމީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ރާމް ވަނީ ޑައިޓުކޮށް ”ހަރުކަށި ފިޔަވަޅުތަކެއް“ އަޅައިގެން ބަރުދަން ލުއިކޮށްފައެވެ. އަދި ރާމްގެ ބަރުދަނުން 2024 ވަނަ އަހަރާ ހަމައަށް 55 ކިލޯ ލުއިކުރުމަކީ ހަމައެކަނި އޭނާގެ އަމިއްލަ މަސައްކަތެއް ނޫން ކަމަށާއި އޭގެ ތެރޭގައި އާއިލާގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ހިމެނޭ ކަމަށް ގޯތަމީ ބުނެފައިވެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަރުދަން ލުއި ކުރުމަށް ރާމްއަަށް އެންމެ ބޮޑު ހިތްވަރެއް ލިބިފައި ވަނީ އެ މީހުންގެ އަންހެން ދަރިފުޅު ސިޔާގެ ފަރާތުންނެވެ. ސިޔާ ވަނީ ރާމްގެ ކުރިން ބަރުދަން ލުއިކުރުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެކަމުގެ ސަބަބުން ރާމް އަށް ވަނީ ވަރަށް ބޮޑު ހިތްވަރެއް ލިބިފައެވެ.

”ބައްޕަ އާއި އަންހެން ދަރިފުޅު ވެސް ތިބީ ބަރުދަން ލުއި ކުރުމަށް އެހާ ބޮޑަށް އަޒުމް ކަނޑައަޅައިގެން“ އޭނާ ބުންޏެވެ. މީގެ އިތުރުން ގޯތަމީ ބުނީ ރާމްގެ ބަރުދަން ލުއިކޮށްފައި ވަނީ އާއިލާގެ އެންމެން ގުޅިގެން ކުރި މަސައްކަތުން ކަމަށެވެ.

ބަރުދަން ލުއިކުރުމަށް ރާމްއަށް އެހީތެރިވި ކަންކަމުގެ ތެރޭގައި އިންޓަމިޓެންޓް ފާސްޓިންގް، އެކްސަސައިޒް ރޫޓިން، ޑައިޓް ޕްލޭން، ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލުގެނައުމާއި އާއިލާގެ ފަރާތުން ލިބުނު އެހީތެރިކަމާއި ސަޕޯޓު ހިމެނޭކަމަށް ގޯތަމީއާ ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް