ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަން ބޮޑުގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމަކީ މުހިންމު ކަމެެއް ކަމަށް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން ވިދާޅުވެއްޖެއެވެ.
ނަވީން މިހެން ވިދާޅުވީ ފުލުހުންގެ ހިދުމަތުގެ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރޭންކުގެ އޮފިސަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ. އެގޮތުން އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނަވީން ވަނީ ފުލުހުންގެ ޒިންމާ އަދާކުރުމުގައި މުވާސަލާތު ކުރުމުގެ ހުނަރުގެ މުހިއްކަން ފާހަގަކުރައްވާފައެވެ.
ހަމައެހެންމެ ކޮންމެ ފުލުހަކީވެސް ހަރުދަނާ މުވާސަލާތީ ހުނަރުތައް ދަސްކޮށް، ފުލުހެއްގެ ޒިންމާ އުފުލުގައި އެ ހުނަރުގެ ބޭނުން ހިފާ މީހަކަށް ވާންޖެހޭނެ ކަމަށާއި ލީޑަރޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަންވެސް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފާހަގަކުރެއްވިއެވެ.
ލީޑަރޝިޕް މަގާމުތަކުގައި ތިއްބަވާ ފުލުހުން އަދާކުރައްވަންޖެހޭ ޒިންމާތަކާއި، އެކުވެރި މާހައުލެއްގައި ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ގަދަރު ހިފެހެއްޓުމަށްޓަކައި ކޮންމެ ފުލުހަކުވެސް މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށެވެ.
ނަވީން ވިދާޅުވީ ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި ހާމަކަން ބޮޑުގޮތެއްގައި އާންމުކުރެވެން ހުރި މައުލޫމާތުތައް ހާމަކުރުމަކީ މުހިންމު ކަމެެއް ކަމަށާއި ޒިންމާދާރުކަމާއެކު އިސް މަގާމުތަކުގައި ތިއްބަވާ ފުލުހުން ދަށުގައި މަސައްކަތް ކުރައްވާ ފުލުހުންނަށް މަގުދައްކައިދީ އެންމެން ގުޅިގެން މަސައްކަތްކުރުމުން ރައްޔިތުން ބޭނުންވާ ފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދެވިދާނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ފުލުހަކުވެސް ދިރިއުޅުމުގައި ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި، ނަމަވެސް ހިތްހަމަނުޖެހޭ ދަނޑިވަޅުތަކުގައިވެސް އަވަސްއަރުވާލައްވައިގެން ނިންމުންތައް ނުނިންމެވުމަށް ޑެޕިއުޓީ ކޮމިޝަނަރ އިސްމާޢީލް ނަވީން އިރުޝާދު ދެއްވިއެވެ.