ކުޑަކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް: ޑރ. ޝަފީޢު

Loading

May 10, 2025
profile
Facebook
Twitter
WhatsApp

ކުޑަކުދިންނަށް އަމާން މާހައުލެއް ހޯދައިދިނުމަކީ އެންމެ މުހިންމު އެއް ކަންތައް ކަމަށް، ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

މިގޮތުން އެމަނިކުފާނު ވަނީ ކޮންމެ ސްކޫލަކީ ކުދިންނަށް އަމާން، ރައްކާތެރި އަދި އުފާވެރި ސްކޫލަކަށް ހައްދަވައި ދެއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި މިކަންކަން ހާސިލުކުރެވޭނީ މުދައްރިސުންނާއި، ރަށްރަށުގެ ކައުންސިލަރުންނާއި ބެލެނިވެރިން، މިނިވަން މުއައްސަސާތަކުގެ އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިކަން ހެޔޮގޮތުގައި، ގުޅިގެން ކުރެވިއްޖެނަމަ ނަތީޖާއަކަށްވާނީ ކުޑަކުދިންނަށް އުފާވެރި މުސްތަގުބަލެއް ލިބި، އަދި ގައުމައިގެން ކުރިއަށްދާނެ އޮށްޓަރުހުރި ޖީލެއް ބިނާކުރެވުންކަމަށް ވަޒީރު ޝަފީއު ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް