ސައޫދީއަރަބިއްޔާގެ ހުރިހާ ރެސްޓޯރަންޓާއި ހޮޓަލުގެ ދެބައިކުޅަ އެއްބައިގެ ވެރިންނަކީ އަންހެނުން

Loading

Facebook
Twitter
WhatsApp

ސައޫދީއަރަބިއްޔާގައި ހުރި ހުރިހާ ރެސްޓޯރަންޓާއި ހޮޓަލުގެ ދެބައިކުޅަ އެއްބައިގެ ވެރިން ނަކީ އަންހެނުންކަމަށް އެގައުމުގެ ކޮމާސް މިނިސްޓްރީން ބުނެފިއެވެ. 2024ވަނަ އަހަރުގެ ރިކޯޑްތައް ދައްކާގޮތުން އެކޮމޮޑޭޝަންގެ ޚިދުމަތް ދިނުމާއި ކެއިން ބުއިމުގެ ޚިދުމަތްދޭ ތަންތަނުގެ ތެރޭން އަންހެނުންނަށް ނިސްބަތްވާ ތަންތަނުގެ އަދަދުވަނީ 59،800އަށް އަރާފައެވެ. މިއަދަދަކީ މި މުހިންމު ދެ ސެކްޓަރު ގައި ހުރި ތަންތަނުގެ 4.7 އިންސައްތަ ކަމަށް ކަމާބެހޭ ސައޫދީ އިދާރާ ކަމަށްވާ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރިޒަސް ޖެނެރަލް އޮތޯޓީން ހާމަކޮށްފައި ވެއެވެ.


އެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ސައޫދީއަރަބިއްޔާގެ އެކޮމޮޑޭޝަން އަދި ފުޑް ސަރވިސް ސެކްޓަރުގައި 2024 ވަނަ އަހަރު ތިބި މަސައްކަތްތެރިންގެ އަދަދަކީ 712،000
އެވެ. މީގެ ތެރޭގައި ހިމެނެނީ މައިކްރޯ އެންޓަޕްރައިޒަސް ގައި ހަރަކާތްތެރިވާ 250،000މީހުންނާއި،ސްމޯލް އެންޓަޕްރައިޒަސްގައި އުޅޭ 258،600މީހުންނާއި، މީޑިއަމް އެންޓަރޕްރައިޒަސް ގައި އުޅޭ 115،000މީހުންނާއި،ލާޖް އެންޓަޕްރައިޒަސްގައި އުޅޭ 88،000 މީހުންނެވެ.
ސައޫދީ މިނިސްޓްރީ އޮފް ކޮމާސް އިން ދާދި ފަހުން ހާމަކޮށްފައިވާ ގޮތުގައި މިހިނގާ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވިޔަފާރީގެ ހުއްދަ ދެވުނު މިންވަރުވަނީ ކުރީ އަހަރުގެ މިމުއްދަތާއަޅާބަލާއިރު 48 އިންސައްތަ އިތުރުވެފައެވެ. މިގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 154،000ކޮމާޝަލް ރެޖިސްޓްރޭޝަން ހަދާދީފައެވެ.
ސައޫދީއަރަބިއްޔާގެ އެކި ރީޖަން ތަކުގައި ޖުމްލަ 1.68 މިލިއަން ކޮމާޝަލް ރެޖިސްޓްރޭޝަން ހަދާދީފައިވާކަމަށް ކޮމާސް މިނިސްޓްރީން މައުލޫމާތު ދީފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް