ޕޮލިސް ޓްރެއިނިންއެއްގައި އުޅެނިކޮށް ހާލު ސީރިއަސްވި ޒުވާނާ ނިޔާވެއްޖެ

Loading

May 7, 2025
profile
Facebook
Twitter
WhatsApp

ޕޮލިސް ޓްރެއިނިންއެއްގައި އުޅެނިކޮށް ހާލު ސީރިއަސްވެގެން ވެންޓިލޭޓަރުގައި ފަރުވާދެމުންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.

ދ. ވާނީގައި ޓްރެއިނިން ހަދަމުންދަނިކޮށް ހާލު ދެރަވެ 34 އަހަރުގެ ރެކްރޫޓެއް މާލެ ގެނެސްފައި ވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ.

އޭނާ ދ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިނުމަށްފަހު އެއާ އެމްބިއުލާންސްގައި އިތުރުފަރުވާދިނުމަށް މާލެ ގެނެސް އައިޖީއެމްއެޗްގައި އިތުރު ފަރުވާ ފަށާފައި ވަނީ އެ ދުވަހުގެ މެންދުުރުއެވެ.

ފުލުހުން އެ ދުވަހު ބުނީ އޭނާގެ ހާލު ވަރަށް ސީރިޔަސް ކަމަށާއި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ. 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް