މަޝްވަރާތައް ލަސްކުރުމުން ޔުރޭނިއަމް ފައްކާކުރުމުގެ ހައްގު އީރާނަށް ކަށަވަރު ވެއްޖެ

Loading

May 6, 2025
profile
Facebook
Twitter
WhatsApp

އެމެރިކާއާއެކު ކުރެވެމުންދާ މަޝްވަރާތަކުގެ ހަތަރުވަނަ ބުރު ބޭއްވިދާނެ ދުވަހެއް ނޭންގުމެއްގެ ތެރެއަށް ދިއުމާގުޅިގެން އީރާނުން ޔުރޭނިއަމް ފައްކާކރުން ކުރިއަށްގެންދިއުމުގެ ހައްގު އޮތްކަން ކަށަވަރު ކުރެވިއްޖެކަމަށް މިދިޔަ ހޮނިހިރު ދުވަހު އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ މީޑިއާއަށް ހާމަކޮށްދީފިއެވެ. ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުއާހަދާއަށް ހަވާލާދީ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ނިއުކްލިއަރ ފިއުލްގެ އެންމެ ފަހު މަރުހަލާއަށް ދިއުމުގެ ހައްގު އީރާނަށްވެސް ލިބިދޭ ކަމަށެވެ. ނިއުކްލިއަރ ހަތިޔާރު ހެދުމުގެ ބޭނުމުގައި ނޫނަސް ނިއުކްލިއަރ ނޮން-ޕްރޮލިފެރޭޝަން މުއާހަދާގެ ކިތަންމެ މެމްބަރ ގައުމަކުން ޔުރޭނިއަމް ފައްކާކުރަމުންގެންދާ ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. އަދި އީރާނުން ޔުރޭނިއަމް ފައްކާކުރުމަކީ ދައްކަން ބޭނުންވާ ވާހައެއްވެސް ނޫންކަމަށެވެ. މިވާހަކަތައް މިހާރު އޮންނާނީ ޔޫ އެން ގެ އާންމު ސެކްރެޓަރީ އެންޓޯނިއޯ ގުޓަރެސް އަށްވެސް ދަންނަވާފައެވެ. 

                                                     

ތިމަތިމާމެންގެ ބާރުގަދަކަން ދެއްކުމާއި އަބަދާ އަބަދު ދެކޮޅުވެރިކަމުގެ ބަސްމަގު ބޭނުން ކުރުމުން ހާސިލް ކުރެވޭނެ ކާމިޔާބީއެއް ނޯންނާނެކަމަށްވެސް އަރާގްޗީ ވިދާޅުވިއެވެ.                                   

2015 ވަނައަހަރުގެ ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން ( ދުނިޔޭގެ ބާރުގަދަ ގައުމުތަކާއެކު އީރާނުގެ އެއްބަސްވުން ) ގައި އީރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތިކުރުންތައް ނައްތާލައިފިނަމަ އެ ގައުމުން ޔުރޭނިއަމް ފައްކާކުރުން 3،67 އިން ސައްތަ އަށް ދައްކުރަން އީރާނުން އެއްބަސްވިއެވެ. ނަމަވެސް ރައީސް ޓްރަމްޕްގެ ފުރަތަމަ ރިޔާސަތުގައި އެމެރިކާއިން އެ އެއްބަސްވުމުން އެކަހެރި ވުމާ ގުޅިގެން އީރާނުން ޔުރޭނިއަމް ފައްކާކުރުން ކުރިއަށް ގެންދާން ފެށީކަމަށް ޚަބަރު ތަކުގައި ބުނެފައި ވެއެވެ. އަދި އެދުވަސްވަރު އެ ގައުމުގައި ހުރީ މުޅިއެކު 300 ކިލޯގަރާމްގެ ޔުރޭނިއަމް ކަމުގައިވިޔަސް މިހާރު އެގައުމުގައި 60 އިން ސައްތައަށް މުއްސަނދި ކޮށްފައިވާ 8000 ކިލޯގްރާމް ޔުރޭނިއަމް ހުރިކަމަށް ވެއެވެ.                        

ޚާރިޖީ ވަޒީރު އަރާގްޗީގެ ވާހަކަފުޅަށް ރައްދު ދެއްވައި އެމެރިކާގެ ޚާރިޖީ ވަޒީރު ފޮކްސް ނިއުސްގައި ވިދާޅުވެފައިވަނީ ޔުރޭނިއަމް ފައްކާ ކުރެވޭނީ ހަމައެކަނި ނިއުކްލިއަރ ހަތިޔާރު ލިބިފައިވާ ގައުމުތަކުން ކަމަށެވެ.

އެހެންނަމަވެސް ޖަރމަނާއި ޖަޕާނާއި އަދި ބްރެޒިލުންވެސް ޔުރޭނިއަމް ފައްކާކުރަމުން ގެންދާކަން އެއީ އެނގި ފާޅުވެފައިވާ ހަގީގަތެކެވެ. އެހެންނަމަވެސް އައި އީ އޭ އީގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮއްސީ ގެ ވިސްނުން ހުރީ އެމެރިކާއާއެކު އީރާނުން ކުރިއަށް ގެންދާ މަޝްވަރާތައް ކާމިޔާބު ވެއްޖެނަމަ އީރާނުން ފައްކާކޮށްފައިހުރި ޔުރޭނިއަމް ވިރުވާލުން ނުވަތަ އެހެން ގައުމަކަށް ފޮނުމަށެވެ.                                

ފަރަންސޭސި ވިލާތުގެ ޚާރިޖީ ވަޒީރު ޖިއާން ނޮއެލް ބަރޯ މިހަފުތާގައި ވިދާޅުވެފައިވަނީ އީރާނުން ނިއުކްލިއަރ ހަތިޔާރު އުފެއްދުން އޮތީ އަދުތޯ މާދަމާތޯ ހިސާބުގައެވެ. އެ ބޭފުޅާއަށް ރައްދު ދެއްވައި ނޭންގޭ ވާހަކަ ނުދެއްކުމަށް އީރާނުން ބުނެފައިވެއެވެ.                                                      

ތަޖްރިބާކާރުން ދެކޭގޮތުގައި އެމެރިކާއާއި އިރާނުން ކުރެވެމުންދާ މަޝްވަރާތަކުގައި އުންމީދީ ހައްލެއް ފެނިގެން ހިގައިދާނެކަމަށް މިހާރު އުންމީދެއް ނުކުރެވޭ ކަމަށް ޑީ ޕީ އޭ އިންޓަރނޭޝަނަލްއިން ބުނެފައި ވެއެވެ.      

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް