ހއ. ބާރަށުގައި ސިހުރު ހަދާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމަތާކައި ގުޅިގެން އެރަށުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 7:00 އިން ފެށިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި އެރަށު 8 ތަނެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި މައްސަލައާ ގުޅުން ހުރި ކަމަށް ބެލެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި އަށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލު ކުރުމަށްފަހު ދޫކޮށްލާފައިވާ ކަަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މަައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.