މޯލްޑިވްސް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމް.އައި.އެފް.ސީ) ގެ ބިންގާއަޅައިފިއެވެ.
މިއަދު ބޭއްވި އެ އިމާރާތުގެ ބިންގާއެޅުމުގައި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގަންނަވައިފިއެވެ.
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ބޭއްވި ރަސްމިއްޔާތުގައި މަރުކަޒުގެ ބިންގާ އެޅުމުގެ ހަނދާނީ ބިނާ އިފްތިތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިންގ މޫސާ ޒަމީރާއި އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އެވެ.
އެމް.ބީ.އެސް. ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ. ގެ ރައީސް، ހިޒް ހައިނަސް ނާޔިފް ބިން ޢީދް އަލް ޘާނީ އާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސްގެ ސީ.އީ.އޯ ނަދީމް ޙުސައިން އާއި މިނިސްޓަރ އޮފް ފިނޭންސްގެ ނައިބު އަޙްމަދު ސާއިދު މުސްޠަފާ މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވާފައިވެއެވެ. އެ ބޭފުޅުންގެ ވާހަކަފުޅުގައި، އެމް.އައި.އެފް.ސީ އިން ތަޢާރަފުކުރާ މާލީ އެއްބާރުލުމުގެ އާ ވިސްނުންތަކާއި، އެ މަރުކަޒުގެ އެހީގައި ތަސައްވަރުކުރައްވާ ކުރިމަގުގެ މައްޗަށް އަލިއަޅުއްވާލައްވާފައި ވެއެވެ.
މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސް ވެރިންނާއި، އެމް.ބީ.އެސް ގްލޯބަލް އިންވެސްޓްމަންޓްސް ކޯ އެލް.އެލް.ސީ ގެ މަންދޫބުން ބައިވެރިވެވަޑައިގެންފައިވެއެވެ.
2 Responses
އަނެއް ބަންކަރިން ކުންފުނި. ހަމަ ހޯމް މިނިސްޓަރުވެސް އެވަނީ ވޯކްވިސާ ހަދަން ޑޭޓާ ކަލަކް ކުރަންވެސް މެލޭޝިޔާގައި އުޅޭ ބަގްލަދޭޝް މީހަކު އުފައްދައިގެން އުޅޭ ކަރުދާސް ކުންފުންޏަކާ ހަވާލުކޮށްގެން ކަޓް ނެގުން ސެޓްކޮށްފައެވެ. މުޅީން މިކަހަލަ ޗައްކަރު ޖެހުމުގައި ދެ އަހަރު ދަނީއެވެ. ވާނީވެސް އެހެންތާއެވެ. ޕީޕީއެމްގެ ވެރިކަމެއް ޕައިރޭޓުންގެ ގޮތުގައި ޔާމީނަށް ވަފާތެރިކަން ދައްކައިގެން ތިބެ ޕީއެންސީ އަށް ފޮރޮލާލައިގެން ޙަރާމް ވެރިކަމެއް ކުރަމުން ގެންދަނީ ވިއްޔާއެވެ. އަބަދުވެސް ރައްޔަތުމީހާއަށް ކޮޅުކެހި ލިިބެނީއެވެ. ދެންވެސް ހަމަ ވާނީ އެހެންކަމަށް ފެނެއެވެ. އެހެނީ ރައްޔަތުންވެސް އެމީހުންގެ ނިކަމެތިކޮށްލާފައި ތިބޭތީ އެމީހުންގެ މުދަލުން (ދައުލަތުގެ ތިޖޫރީން) ވައްކަން ކޮށްގެން އައިސް އެއިން ފައިސާކޮޅެއް ވަގުކަލޭގެ ދިނުމުންވެސް ޖެހެވެނީ ވިއްޔާއެވެ. ގިނަ މީހުނަށް އޭގެ ސަބަބުން ވޯޓް ވިއްކާލެވުނީއެވެ.
މެލޭޝިޔާގެ ވަން އެމްޑީބީ ކަރަޕްޝަން ބެސްޓް!