ހައްޖު ވިސާ ކޮންޓްރޯލް ކޮށްލުމާއި އެކު މަޠާފް ގާތްގަނޑަކަށް ހުސްކޮށް

Loading

Facebook
Twitter
WhatsApp


ހައްޖު ވިސާ ދިނުން މިއަހަރު ކޮންޓްރޯލް ކުރަންފެށުމާއި އެކު ގެފުޅު ވަށައިގެން އޮންނަ ޠަވާފް ކުރާ ސަރަހައްދު ކަމަށްވާ މަޠާފް ފެންނަނީ މުޅިން ހުސްކޮށެވެ. މިއަހަރުގެ ހައްޖުވެރިން ސައޫދީ އަށް ދަތުރު ކުރަން ފަށާފައިވަނީ ޒުލްޤައިދާ މަހުގެ 1ވަނަ ދުވަސް ކަމަށްވާ އެޕްރިލް 29 ވަނަ ދުވަހުއެވެ.


މިއަހަރުގެ ހައްޖު މޫސުން ރަސްމީކޮށް އަންގާރަ ދުވަހު ފަށާފައިވާއިރު އެދުވަހު ސައޫދީ އަށް ދަތުރު ކޮށްފައިވަނީ ނިސްބަތުން ވަރަށް މަދު ބައެއްކަމަށް ޚަބަރުތައް ބުނެއެވެ. ސައޫދީ ސަރުކާރުން އަންގާފައިވާ ގޮތުގައި އެފްރިލް 29ގައި ފެށުނު ހައްޖު މޫސުމުގެ މުއްދަތުގައި އުމްރާވުމަށް ވިސާ ނުދެވޭނެއެވެ. އެއީ އުމްރާ ވިސާގައި އެތެރެވުމަށްފަހު (ހައްޖުވިސާނެތި) ހައްޖު ވުމަށް މަޑުކުރާތީއެވެ. އަދި ހައްޖު ވިސާ ދޫކުރެވޭ މީހުންނަށް ސައޫދީގައި ތިބެވޭނީ އެޕްރިލް 29 ވަނަ ދުވަހުން ފެށިގެން ހައްޖު ގެ މުއްދަތު ނިމެންދެނެވެ.
ހައްޖުވުން ފިޔަވާ އެހެން ބޭނުން ތަކަށް ކަމަށް ބުނެ ވިސިޓް ވިސާ ހޯދައިގެން ވަންނަ ފަރާތްތަކަށް އެކޮމޮޑޭޝަން ދޭ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރާނެ ކަންވެސް ވަނީ ސަރުކާރުން ހާމަ ކޮށްފައެވެ. މިގޮތުން ޞައްހަ ހައްޖުވިސާއެއް އޮތް ފަރާތަކަށް މެނުވީ ހައްޖުމޫސުން ނިމެންދެން އެއްވެސް ޓުއަރިސްޓް ބުކިންގ ވެސް ނުހެދުމަށް ޓުއަރިޒަމް މިނިސްޓްރީން ހުރިހާ ޓްރެވެލް އަދި ޓުއަރިޒަމް އޭޖެންސީތަކަށްވެސް ވަނީ އަންގާފައެވެ.
ފުރަތަމަ ދުވަހު ދަތުރުކުރި މީހުންގެ އަދަދު މަދުނަމަވެސް ހައްޖުދުވަސް ކައިރިވަމުން ދާއިރު،ކުރިޔާ އެއްވަރު ނުވިނަމަވެސް މަޑުމަޑުން މަޠާފް ދާނީ ފުރެމުންނެވެ.
ހައްޖު މޫސުން ނިމޭނެ ދުވަސްކަމަށް އިއުލާން ކޮށްފައިވަނީ ޒުލްހިއްޖާ މަހުގެ 14 ވަނަ ދުވަހެވެ.
ހައްޖު ވިސާ ދިނުން މިއަހަރުން ފެށިގެން ކްންޓްރޯލް ކުރަން ފެށީ ހައްޖުމޫސުގައި ބައިބޯވެ، ހައްޖު ވެރިންނަށް އެކަށީގެންވާ ޚިދުމަތް ނުދެވޭތީ ކަމަށް ސައޫދީ ސަރުކާރުން ހާމަކޮށްފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް