ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދޭން ޖެހޭ: ޝާހިދު

Loading

May 1, 2025
profile
Facebook
Twitter
WhatsApp

ތަޢުލީމާއި ތަޖުރިބާއާ އެއްފަދަ މުސާރައެއް ކޮންމެ މަސައްކަތްތެރިއަކަށްވެސް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިހެން ވިދާޅުވެފައި ވަނީ މިއަދު ފާހަގަކުރަމުން އަންނަ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ޝާހިދު ވިދާޅުވީ މަސައްކަތްތެރިންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން ލިބިދޭ ވަޒީފާގެ އެންމެހައި ޙައްޤުތަކުގެ ކަށަވަރުކަމާ، އެއްވެސް ބިރެއް ނެތި ކޮންމެ ރައްޔިތަކަށްވެސް ލިބިދޭ އަސާސީ ހައްޤުތައް ޔަޤީންކުރެވި، ”މުސާރައިގެ އެއްހަމަކަން“ އެއީ ރާއްޖެއަށް މިއަދު ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.

ޕޭހާމަނައިޒްވެ ކޮންމެ މަސައްކަތްތެރިއެއްގެވެސް މަސައްކަތާ، ތަޢުލީމާ ތަޖުރިބާއާ އެއްފަދަ މުސާރައެއް ކަށަވަރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ޝާހިދުގެ ޕޯސްޓު ނިންމަވާލައްވަމުން ވަނީ އުޖޫރައިގެ ހަމަހަމަކަމާ މިނިވަންކަމަށް ގޮވާލަމުން ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ހީވާގި މަސައްކަތްތެރިންނަށް އަރިސްކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް