ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަނީ

Loading

April 30, 2025
profile
Facebook
Twitter
WhatsApp

ކާބޯތަކެތި އިސްތިހާރު ކުރުމުގެ ގަވައިދު އަލުން އިސްލާހުކުރަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީއާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ(އެމްއެފްޑީއޭ) އާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިސްމާއިލް ޒާހިރު ވިދާޅުވީ، ކާބޯތަކެތި އިސްތިހާރުކުރުމުގެ ގަވާއިދާ ގުޅިގެން އެކި ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަމަށެވެ.

އެގޮތުން މި ގަވާއިދު ތަންފީޒުކުރުމުގައި ވެސް ދަތިތަކެއް ވާ ކަން ފާހަގަކުރައްވާ, އެކަންތަކަށް ރިޢާޔަތްކޮށް ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒާހިރު ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނުގެ ދަށުން އެ ގަވައިދު ތަންފީޒުކުރުމަށްޓަކައި އަލުން އެ ޤާނޫނުގެ ދަށުން އެ ގަވާއިދު މިދިޔަ ފެބްރުއަރީ މަހު އެކުލަވައި ލެވުނެވެ.

އެ ގަވާއިދުގައިވާ ގޮތުން ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާ ފަރާތްތައް ނަމަވެސް ކާބޯތަކެތި އިސްތިހާރު ކުރެވޭނީ އެމްއެފްޑީއޭގެ ހުއްދަ ނަގައިގެންނެވެ. ގަވައިދު މިހާރު އޮތީ ހުއްދަ ނުނަގާ ކާބޯތަކެތި އިސްތިހާރު ކުރާ ނަމަ ޖޫރިމަނާ ކުރެވޭ ގޮތަށެވެ. މިގޮތުން އުސޫލުތަކާ ހިލާފަށް އިސްތިހާރު ކޮށްފި ނަމަ ފުރަތަމަ ފަހަރު 10،000ރ. އިން، ދެ ވަނަ ފަހަރަށް ތަކުރާރުކޮށްފި ނަމަ 100،000ރ. އިން އަދި ތިން ވަނަ ފަހަރު ނަމަ 300،000ރ. އިން ޖޫރިމަނާ ކުރާނެއެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް