ދިވެހި މަސްވެރިންނަކީ މިހާރު ދައުލަތުން ދަންނަ ބަޔަކަށް ވެއްޖެ: ޝިޔާމް

Loading

April 30, 2025
profile
Facebook
Twitter
WhatsApp

ދިވެހި މަސްވެރިންނަކީ މިހާރު ދިވެހި ދައުލަތުން ދަންނަ ބަޔަކަށް ވެއްޖެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް ވިދާޅުވީ މިއަދަކީ މަސްވެރި އާއިލާތަކަށް ވަރަށް އުފާވެރި ދުވަހެއް ކަމަށެވެ.

ޝިޔާމް މިހެން ވިދާޅުވެފައި ވަނީ ރަހުނަކާ ނުލައި 300،000 ރުފިޔާއާއި ހަމައަށް މަސްވެރިންނަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ހޯމަ ދުވަހު ބޭންކް އޮފް މޯލްޑިވްސްއާއެކު ވެވުނު އެއްބަސްވުމަށްފަހު ވާހަކަދައްކަވަމުންނެވެ.

އެގޮތުން ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓަރީވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އޮޑިވެރިންނަށާއި މަސްވެރިންނަށް އިލްތިމާސް ކުރައްވާފައެވެ.
މަސްވެރިންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މަސްވެރިންނަށް އެ ފަރާތްތަކުގެ އާމްދަނީއަށް ބަލައި ޕާސަނަލް ފައިނޭންސިންގ، ކްރެޑިޓް ކާޑު، އަދި ގެދޮރު ގަތުމަށާއި، މަރާމާތު ކުރުމަށާއި، އިމާރާތްކުރުމަށް ބޭނުންވާ ލޯނު މާދަމާއިން އިން ފެށިގެން ބީއެމްއެލް ދޫކުރާނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް