މައިދައިތަގެ ކުރެހުން

Loading

Facebook
Twitter
WhatsApp

ކޮންމެވެސް ރަށެއްގައި ވަރަށް ޒުވާން ރީތި، އެހެންނަމަވެސް ވަރަށް ހީލަތްތެރި އަންހެނަކު އުޅުނެވެ. އޭނާގެ ރީތިކަމާ ޒުވާންކަމުގެ ފައިދާ ނަގައި އޭނާވަނީ އެރަށުގެ ވަރަށް މުއްސަނދި މީހަކާ ކައިވެނި ކޮށްފައެވެ.ފިރިމީހާ އޭނާ ބޭނުން ހުރިހާ ކަމެއްކޮށްދީ ބޭނުންހާތަނަކަށް ގެންގޮސްދީ ހަދައެވެ.ދުލުން ބުނެލާ ހުރިހާކަމެއްކޮށްދެއެވެ.ނަމަވެސް އަންހެން މީހާ އޭނާގެ ފިރިމީހާ ދެކެ އެއްވެސް ވަރަކަށް ލޯތްބެއް ނުވެއެވެ.ހަމަ އެކަނި ބޭނުންވަނީ އޭނާގެ ފައިސާއެވެ.


އަންހެންމީހާގެ ސިއްރު ލޯބިވެރިއަކު ހުރެއެވެ.އަދި ފިރިމީހާއަށް ވަގަށް އޭނާއާއި ބައްދަލް ކޮށް ހަދައެވެ.
ފިރިމީހާގެ މަންމަ ދެކެވެސް އަންހެންމީހާ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. މައިދައިތަ އެމީހުންގެ ގެޔަށް ދާދުވަހަކުވެސް ހެޔޮކޮށް ނުހިތާތަނުގައި އޯގާތެރިކަމާއެކު އަގައިންވެސް ބުނެ ނުލައެވެ.އޭގެ ބަދަލުގައި ހަޅޭއްލަވާ އެއްޗެތި ކިޔާ ހަދައެވެ.
އޭނާގެ އުޅުން ހުންނަ ގޮތް މައިދައިތަޔަށް އެނގޭކަމަށް ޝައްކު ކުރެވެއެވެ. ނަމަވެސް މައިދައިތަގެ ފުށުން އެކަމެއް ނުދައްކައެވެ. އަންހެންމީހާ އާއި ދިމާލަށްވެސް އަދި އޭނާގެ ދަރިފުޅާދިމާލަށް ވެސް އެއްވެސް އެއްޗެއް ނުބުނެއެވެ.
އެއްދުވަހަކު މައިދައިތަ ވަރަށް ރީތި ކުރެހުމެއް ހިފައިގެން އެގެޔަށް އާދެއެވެ.އެތަންފެނި އަންހެންމީހާ ހަޅޭއްލަވަން ފަށައެވެ.ތަންތަނުން ކުނިބުނި ހިފައިގެން މިގެޔަށް އަންނާށޭ ކަލޭކައިރީ ބުނީ ކާކުހެއްޔެވެ. މިހެން ބުނުމުން މައިދައިތަ ވަރަށް ދެރަވެލާފައި ބުންޏެވެ.މިއީ މަންމަ ވަރަށް ލޯބިން ގެންގުޅޭ ކުރެހުމެކެވެ. މިކުރެހުން މަންމަ ބޭނުމީ މިގޭގައި ބައިންދާށެވެ. މިހެން ބުނުމުންވެސް އަންހެންމީހާ އެކަމާ ނުރުހި ކުރެހުން ވީދާލާނެކަމަށްބުނެ ހަޅޭއްލަވަލަވާ ހުއްޓާ އޭނާގެ ފިރިމީހާ އަންނަތަން ފެނުމުން އެވާހަކަ ދޫކޮށްލާފަ މާރީއްޗެއްކޮށް ހެވިފައިހުރެ ފިރިމީހާއަށް މަރުހަބާ ކިއުމަށް ނިކުތެވެ.
އޭގެފަހުން އެތައް ދުވަހެއް ފާއިތުވެ ހިގައްޖެއެވެ.އެއްދުވަހަކު އޭނާގެ ފިރިމީހާ އޮފީހުގައި އިންދާ އޭނާގެ ލޯބިވެރިޔާއަށް ދިގު ފޯން ކޯލްއެއް ކުރިއެވެ. އަދި ނިންމާލަމުން ބުންޏެވެ.އަހަރެންނަށް އިންތިޒާރު ކުރައްޗެވެ.މިކަލޭގެ އަތުން ހުރިހާ ފައިސާއެއް ދަމައިގަނެވުނުހާއަވަހަކަށް އަހަރެން ތިބާ ކައިރިޔަށް ދާނަމެވެ.
އެވަގުތު އެތަނުގެ ދޮރުމަތީ މައިދައިތަ ހުއްޓާ އަންހެން މީހާއަށް ފެނުނެވެ.އަދި އޭނާ ދެއްކި ހުރިހާ ވާހަކައެއް މައިދައިތަ އަށް އަޑު އިވުނު ކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވުނެވެ.
އެހާހަމައިން އަންހެންމީހާ ނިންމީ މައިދައިތައަށް ޒަހަރުލައިގެން މައިދައިތަ މަރާލާށެވެ. އަދި އެރޭ މައިދައިތަ ސިޓިންގރޫމްގަ އިންދާ ސައިތައްޓެއް ހަދައި އެޔަށް ޒަހަރުލައިގެން ގެންގޮސް މާރީތިކޮން ހީލަމުން ބުންޏެވެ. މަންމަ ތިޔައިނީ ވަރަށް ވަރުބަލިވެފައިހެން ހީވެއެވެ.މިސައިތަށި އަވަހަށް ބޯލާށެވެ. މިހެން ބުނެ ސައިތަށި ދިނުމަށްފަހު އެތަނުން ހިނގައްޖެއެވެ.
އޭގެ ވިއްސަކަށް މިނެޓް ފަހުން އަންހެން މީހާ އެނބުރި އައިސް ބެލިއިރު މައިދައިތަ އޮތީ ހޭނެތި ސޯފާ މައްޗަށް ވެއްޓިފައެވެ.އޭނާވީއުފަލުން ބާރަށް ހޭން ފެށިއެވެ.އޭނާގެ ޕްލޭން ކާމިޔާބް ވީތީއެވެ.
ނަމަވެސް އެވަގުތު ކުއްލިއަކަށް އެގޭ ދޮރުހުޅުވާލުމަށްފަހު ފުލުހުންގެ ޓީމެއް އެގެޔަށް ވަދެގެން އަޔެވެ.އަދި ބުންޏެވެ. ވިހަލައިގެން މީހަކު މަރަށް އުޅުމުގެ ކުށުގައި ކަލޭ ހައްޔަރު ކުރަމެވެ.
މިހެން ބުނުމުން އަންހެން މީހާ ހަޅޭއްލަވަމުން ބާރަށް ބުންޏެވެ.އަހަރެން ތިޔަފަދަ ކަމެއް ނުކުރަމެވެ.ތިޔައީ އަހަރެން ކުށްވެރި ކުރުމަށް ކޮންމެވެސް މީހަކު ފްރޭމް ކޮށްގެން އެޅުވި އިލްޒާމެކެވެ.މިހެން ބުނުމުން ފުލުހުން ބުންޏެވެ. އަހަރުން އަތުގަ ކަލޭގެ ކަންތައްތައް ހުރި ގޮތުގެ ވީޑިއޯ ފުޓޭޖް އެބަހުއްޓެވެ. މީގެ ޖަވާބުގައި އަންހެންމީހާ ބުންޏެވެ. ކޮންވީޑިއޯ ފުޓޭޖް އެއް ހެއްޔެވެ. މިގެއަކު އެއްވެސް ވީޑިއޯ ކެމެރާއެއް ނުހުންނާނެއެވެ.
އެވަގުތު މައިދައިތަ ސޯފާއިން ބޯހިއްލާލިއެވެ.އަދި ވާހަކަދައްކަން ފެށިއެވެ.ނޫނެކެވެ. ދަރިފުޅާއެވެ.މިގޭގަ ކެމެރާ އެބަހުއްޓެވެ. މިހެންބުނުމުން އަންހެން މީހާ އަނެއްކާވެސް ހަޅޭއްލަވައިގަނެފައި ބުންޏެވެ. މިއީ މިދައިތަ ކޮށްގެންއުޅޭ ރިޕޯޓެއް ދޯއެވެ. ކަލޭގެ ދަރިފުޅުކައިރީ ބުނާނަމެވެ.ދެން އެންމެ ރަގަޅެވެ.ކެމެރާ ހުރީ ކޮންތާކުހެއްޔެވެ. މީގެ ޖަވާބުގައި މައިދައިތަ ބުންޏެވެ. މަންމަގެނައި ކުރެހުމުގައެވެ.
އޭހާ ހަމައިން ފުލުހުން އަންހެންމީހާ ގޮވައިގެން ހިނގައްޖެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް