ޗައިނާގެ އަމިއްލަ ޕޭމަންޓް ނިޒާމެއް ރަސްމީގޮތުން ތަޢާރުފް ކުރުން

Loading

April 30, 2025
profile
Facebook
Twitter
WhatsApp

ބައިނަލް އަގްވާމީ މާލީ ބާޒާރުގެ ވެށި ވާނުވާއެއް ނޭގުމުގެ ތެރެއަށް ބަދަލުވަމުންދާ މިދުވަސް ވަރު އެމެރިކާ ޑޮލަރާ ދުރު ޕޭމަންޓް ނިޒާމެއް ރަސްމީގޮތުން ޗައިނާއިން ތަޢާރުފް ކޮށްފިއެވެ.

ޕީޕަލްސް ބޭންކް އޮފް ޗައިނާގެ ސަޕޯރޓާއެކު ޝަންގހާއީ މުނިސިޕަލް ސަރުކާރުން ތަޢާރުފްކުރި މި ޕޭމަންޓް ސިސްޓަމްގެ މަގްސަދު ތަކުގެ ތެރޭގައި ޗައިނާގެ ކުންފުނިތަކުން ކުރާ ބައިނަލް އަގްވާމީ ވިޔަފާރީގައި ޔުއާން ބޭނުންކުރުން އިތުރުކުރުން ހިމެނެއެވެ. މިއީ މިނިވަން ޕޭމެންޓް ސިސްޓަމެއް ކަމަށައި 110  ގައުމެއްގެ 1300 މާލީ އިދާރާއިން މިހާރުވެސް ބައިވެރި ވެފައިވާ ކަމަށް ބުނެފައިވެއެވެ. 

ޝަންގހާއި އަކީ ޗައިނާގެ ވިޔަފާރީގެ މައި މަރުކަޒެވެ. އަދި އެއީ ބައިނަލް އަގްވާމީ ވިޔަފާރިއާ ގުޅޭ އެންމެހާ މާލީ ހާލަތު ދިރާސާ ކުރަމުންގެންދާ ލެބޯރެޓްރީއެކެވެ. މި ނަޒަރުން ބަލާއިރު ޗައިނާގެ މި އިސްނެގުމަކީ އިއްތިފާގެއް ނޫނެވެ. ރޭވުންތެރިކާއެކު އަޅަމުންގެންދާ ފިޔަވަޅުތަކެއްގެ ނަތީޖާއެވެ. އަދި މުސްތަގްބަލް ގައި ބެލްޓް އެންޑް ރޯދް އިނިޝިއޭޓިވް ގައި ޔުއާން ވަރުގަދަ ކުރުމުގެ ވިސްނުންވެސް މެއެވެ.

 މިއީ ބައިނަލް އަގްވާމީ މާލީ ނިޒާމަށް ބަދަލުތަކެއް ގެނުވާނެ ފިޔަވަޅެއްކަމަށާއި އަދި ބައިނަލް އަގްވާމީ ވިޔަފާރީގައި ގައުމުތަކުން އަމިއްލަ ފައިސާގެ މިނިވަންކަމާދޭތެރޭ ވިސްނުމަށް ބާރުއެޅުމުގެ މަގްސަދުގައި ޗައިނާއިން ކުރަމުންގެންދާ މަސައްކަތުގެ ބައެއް ކަމުގައިވެސް  ބުނެފައިވެއެވެ. ޗައިނާގެ މަގްސަދަކީ ހުޅަނގުގެ ގައުމުތަކުން ބައިނަލް އަގްވާމީ ވިޔާފާރި ބަނދެލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމެވެ. ޗައިނާގެ މި ފިޔަވަޅާދޭތެރޭ މިހާރުވެސް ބައެއް ގައުމުތަކުން ވިސްނަން ފަށައިފިއެވެ. 

ޗައިނާއިން ތައާރުފް ކުރި ޕޭމަންޓް ނިޒާމަށް ކިޔަނީ ކްރޮސްބޯރޑަރ އިންޓަރބޭންކް ޕޭމަންޓް ސިސްޓަމް ( ސީ އައި ޕީ އެސް ނެޓްވޯރކް ) އެވެ.  މިއީ ހުޅަނގުގެ ނުފޫޒުގައި އޮތް ސްވިފްޓް އާ އެއްގޮތަށް ވިޔަފާރީގެ ޕޭމަންޓައް ހަމަޖައްސައިދޭނެ ނިޒާމެކެވެ. މި ނިޒާމް ތަޢާރުފް ކުރުމުގައި ޗައިނާގެ ކުންފުނިތަކުން ކުރާ ބައިނަލް އަގްވާމީ ވިޔަފާރީގެ މުއާމަލާތުތަކުގައި ޗައިނާގެ ޔުއާންއަށް ބަރޯސާކުރުން އިތުރު ކުރުމާއި އަދި އާންމުގޮތެއްގައި ބްރިކްސް މެމްބަރު ގައުމުތަކުން އެމެރިކާ ޑޮލަރ ބޭނުންކުރުމަކާ ނުލައި ވިޔަފާރީގެ މުއާމަލާތުތަކަށް މަގުފަހިކޮށް ދިނުންވެސް ވިމެނެއެވެ. 

ޗައިނާގެ ކުންފުނިތަކުން ކުރަމުންގެންދާ ބޭރުގެ ވިޔަފާރީގައި ޔުއާން ބޭނުންކުރުން އިތުރުކޮށް ޔުއާނަކީ ބައިނަލް އަގްވާމީ ފައިސާއަކަށް ހަދައި ސްވިފްޓާއި ނުލައި ބައިނަލް އަގްވާމީ ވިޔަފާރިއަށް މަގު ހުޅުވުމާއި އަދި ވިޔަފާރީގެ މުއާމަލާތުތަކަށް ބޭނުންކުރާ ފައިސާ މާރުކުރުންވެސް  މި ސިސްޓަމްގެ ތެރޭގައި ހިމެނިގެންދާނެ ކަމަށް ބުނެފައިވެއެވެ.

ސީ އައި ޕީ އެސް ނެޓްވޯރކް ތަޢާރުފް ކުރުމުގައި ބްރިކްސް މެމްބަރ ގައުމުތަކުން އެމެރިކާ ޑޮލަރ ބޭނުންނުކޮށް ބައިނަލް އަގްވާމީ ވިޔަފާރި ކުރެވޭނެ އިތުބާރުކުރެވޭ އެހެން ވަސީލަތެއް ގާއިމް ކޮށްދިނުން އެއީ މައިގަނޑު މަގްސަދުކަމުގައި ބުނެފައި ވެއެވެ.

މާލީ ތަޖްރިބާކާރުން ދެކިވަޑައިގަންނަވާގޮތުގައި ސްވިފްޓް ނޫން އިތުބާރުކުރެވޭ އެހެން ވަސީލަތެއް ހުޅުވިގެންދިއުމުން ބައިނަލް އަގްވާމީ ވިޔަފާރިއަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި ބްރިކްސް މެމްބަރ ގައުމުތަކުން ޗައިނާގެ ސީ އައި ޕީ އެސް ނެޓްވޯރކް ބޭނުންކޮށްގެން ވިޔަފާރީގެ މުއާމަލާތުތައް ހިންގަން ފެށުމުން ދުނިޔޭގެ ބޮޑެތި އިގްތިސާދުތަކުންވެސް އެކަމާ ވިސްނަން ޖެހޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް