ރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމް މާލެޝިޔާގައި ބާއްވައިފި

Loading

April 29, 2025
profile
Facebook
Twitter
WhatsApp

ދިވެހިރާއްޖެ-މެލޭޝިޔާ ބިޒްނަސް ފޯރަމް މާލެޝިޔާގައި ބާއްވައިފިއެވެ.

އިއްޔެ ބޭއްވި އެ ފޯރަމްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދެ ޤައުމުގެ ސަރުކާރުގެ އިސް ވަޒީރުންނާއި، ވިޔަފާރިވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރާއްޖޭގެ އިންވެސްޓްމެންޓް ފޯރަމެއް މެލޭޝިޔާގައި ބޭއްވިގެން ދިއުމަކީ ދެ ޤައުމުގެ ދެމެދު ވިޔަފާރީ ގުޅުންތައް ބަދަހިވަމުންދާކަމުގެ ހެއްކެއް ކަމަށެވެ.

”މީގެ ސަބަބުން ދެ ޤައުމުގައިވެސް އިންވެސްޓް ކުރެވެންހުރި ފުރުޞަތުތަކުގެ މަޢުލޫމާތު ދެ ޤައުމުގެ ވިޔަފާރިވެރިންނަށް ފަހިވާނެ“ ސައީދު ވިދާޅުވިއެވެ. 

އެގޮތުން މި ފޯރަމްގައި ދެ ޤައުމުގެ ވިޔަފާރިވެރިން ބައްދަލުކޮށް، އެކި ދާއިރާތަކުން އިންވެސްޓްމަންޓް ފުރުޞަތުތައް ހޯދުމަށް ވަނީ މަޝްވަރާކޮށްފައެވެ.

މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސްވެރިންނާއެކު އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް