ހުއްދަނެތި ހައްޖުވުމަށް މަޑުކުރާ މީހުންނަށް އެހީތެރިވާ ފަރާތްތައްވެސް އެއްލައްކަ ރިޔާލުން ޖޫރިމަނާ ކުރާނެކަން އަންގައިފި

Loading

April 29, 2025
profile
Facebook
Twitter
WhatsApp

ޞައްހަ ހައްޖުވިސާއެއްނެތި ހައްޖުވުމަށް މަޑުކުރާމީހުންނަށް އެހީތެރިވާ ފަރާތްތައްވެސް އެއްލައްކަ ރިޔާލުން ޖޫރިމަނާކުރާނެ ކަމަށް އެގައުމުގެ އިންޓީރިއަރ މިނިސްޓްރީން ހޯމަ ދުވަހު އިއުލާން ކޮށްފައި ވެއެވެ. މިގޮތުން ރަނގަޅުނޫން ޗެނެލްތަކުން ވިސިޓްވިސާ ހޯދުމަށް އެހީތެރިވާ ފަރާތްތަކާއި އަދި ނުގަވާއިދުން ހައްޖުވުމަށް މަޑުކުރާ މީހުންނަށް ހިޔާވަހިކަންދިނުމާއި އެމީހުންނަށް ދަތުރު ފަތުރުގެ ޚިދުމަތްދޭ ފަރާތްތައް އެއްލައްކަ ރިޔާލާ ހަމަޔަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެމިނިސްޓްރީން ބުނެފައި ވެއެވެ.


މިގަވާއިދަށް އަމަލުކުރަން ފަށާނީ އެޕްރިލްމަހުގެ 29 ވަނަ ދުވަސް ކަމަށްވާ ޛުލްޤައިދާ މަހުގެ އެއްވަނަ ދުވަހުއެވެ. އަދި ޛުލްހިއްޖާ މަހުގެ 14 ވަނަ ދުވަހާ ހަމަޔަށް މިއަމުރު ދެމިއޮންނާނެއެވެ.
ހައްޖުގެ އަޅުކަމުގެތެރޭގައި ބައިބޯވުން ހުއްޓުވުމަށް ސައޫދީ ސަރުކާރުން މިއަހަރުވަނީ ޚާއްސަ ފިޔަވަޅުތަކެއްއަޅާފައެވެ. މިގޮތުން އެޅި އެންމެ މުހިންމު ފިޔަވަޅަކީ ހައްޖުވެވޭ ގައުމުތަކުގެ އަދަދު ވަރަށް ބޮޑަށް މަދު ކޮށްލުމެވެ. އެހެން ކަމުން މިއަހަރު ހައްޖުވެވޭނީ ހަމައެކަނި ހުއްދަ ދެވޭ ގައުމުތަކުގެ ރައްޔިތުންނަށެވެ. ސާދަ ގައުމަކުން ހައްޖުވެރިން ދިއުން މިއަރުވަނީ ބަންދު ކޮށްފައެވެ.
ކުރިން ސައޫދީ ސަރުކާރުން އިއުލާން ކޮށްފައިވާ ގޮތުގައި ހުއްދަނެތި ހައްޖުވާން އުޅެނިކޮށް ހިފޭ މީހުން 20ހާސް ރިޔާލުން ޖޫރިމަނާ ކުރާނެއެވެ. އަދި ވިޒިޓްވިސާ ގެ ބަހަނާ ދައްކައިގެން މަޑުކުރާ ފަރާތްތައް ވެސް ޖޫރިމަނާ ކޮށް އަދި 10އަހަރުވަންދެން އެގައުމަށް ނޭރޭގޮތް ހަދާނެއެވެ.
މައުލޫމާތު : ސައޫދީ ގެޒެޓް

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް