އެމެރިކާ ޑޮލަރުގެ މަގާމު ދަށަށްދާކަމަށް އިންކާރު ނުކުރެވޭނެ: ބްލެކްރޮކްގެ ސީއީއޯ

Loading

April 27, 2025
profile
Facebook
Twitter
WhatsApp

ޑީއެލްނިއުސްއަކީ އާންމުގޮތެއްގައި އޮޅިފައި އޮންނަ ނުވަތަ ހަގީގަތް ހާމަނުކޮށްހުންނަ މާލީ މުއާމަލާތުތައް ވަރަށް ފުނަށް ތަހްގީގު ކުރުމަށްފަހު ހަގީގަތް ހާމަކޮށްދޭ ނިއުސް ޕްލެޓްފޯމެކެވެ. 

                  

އެމެރިކާގެ ދަރަނި ފުއްޕާ ހަމަކަށް ވައިޖެހީމާ ފުފިގެންދާގޮތަށް މައްޗަށް އަރައިގެން ދިޔައީ އިންޓެރެސްޓް ރޭޓް އުފުލުމުގެ ސަބަބުންނެވެ. އެމެރިކާގެ ދަރަނި މިހާރު އަންދާޒާކުރެވެނީ  ލިބޭ އާމްދަނީ އަށް ވުރެން %120 އަށް ވުރެން މަތީގައެވެ.  ރައީސް ޓްރަމްޕް ރިޔާސަތާ ހަވާލުވެ ވަޑައިގަތުމަށްފަހު އިތުރުވަމުންދާ އެމެރިކާގެ ދަރަނީގެ މައްސަލަ ހައްލުކުރަން ހަރުދަނާ ފިޔަވަޅު ތަކެއް ވަނީ އަޅުއްވާފައެވެ. އެހެންނަމަވެސް މަޑުޖެހުމެއްނެތި އެމެރިކާގެ ދަރަނލ އިތުރުވަމުން ދިއުމުގެ ސަބަބުން އެމެރިކާ ޑޮލަރާ ދެކޮޅަށް ހިންގަމުންދާ ހަރަކާތްތައް ވަރުގަދަވެ އަދި އެމެރިކާ ޑޮލަރގެ އަގު ދުނިޔޭގަ ބާޒާރުގައިވެސް ދަށަށް ދިއުމަކީ އެކަށީގެންވާ ކަމެކެވެ. ފޮކްސް ބިޒްނަސް އަށް ހަވާލާދީ ބްލެކް ރޮކް ގެ ސީ އީ އޯ ލެރީ ފިންކް ބުނެފައިވެއެވެ.                              

މިޒްހޯ ފައިނާންޝަލްގެ އިކޮނޮމިސްޓް ސްޓީވް ރިޗިއުޓޯ ބުނެފައިވަނީ އެމެރިކާ ޑޮލަރަށް ދިމާވެފައިވާ އަގުވެއްޓުމުގެ ސަބަބުން ޑޮލަރުގެ ބާރު ކަނޑުވާލަން ކުރަމުންގެންދާ މަސައްކަތް މިވަގުތު ކާމިޔާބު ނުވެދާނެއެވެ. އެހެންނަމަވެސް ދުނިޔޭގެ ރިޒާރވް ފައިސާގެ ގޮތުގައި ދެމިއޮތުމުގެ ފުރުސަތު އެމެރިކާ ޑޮލަރަށް އޮތް ކަމަކަށް ނުފެނެއެވެ. އެމެރިކާ ޑޮލަރ ބޭނުންނުކޮށް ބައިނަލް އަގްވާމީ ވިޔަފާރި ކުރަން ގަސްދުކުރާ ފަރާތްތަކުން އެމެރިކާއަށް އެކްސްޕޯރޓް ކުރާ މުދަލުން %100 އަށްވުރެން ބޮޑު އަދަދަކަށް ޓެރިފް އިއުލާންކުރުމުގެ ސަބަބުން އެމެރިކާ ޑޮލަރުގެ އިންޑެކްސް ޑީ އެކްސް ޥައި ގާ 98.30 އަށް ދަށްވެއްޖެއެވެ. އަދި ވައި ޓީ ޑީ ބާޒާރުގައި ރަނުގެ އަގު 3400 އަށް އެރުމާއެކު އެމެރިކާ ޑޮލަރގެ އަގު %10 ދަށަށްވެސް ދިޔައީއެވެ.                             

ރައީސް ޓްރަމްޕް އިއުލާން ކުރެއްވި ޓެރިފް ގައި ހިމެނޭ ގައުމުތަކުން އެހެން ގޮތްތައް ހޯދުން ނުހުއްޓުވޭނެތީ އެމެރިކާއަށް ކުރިމަތިވާނީ ގެއްލުމެވެ.                                              

ޑީއެކްސްވައި އަކީ ދުނިޔޭގެ ބާރުގަދަ ބައެއް ފައިސާގެ ނިސްބަތުން އެމެރިކާ ޑޮލަރުގެ ބާރު އަންދާޒާ ކުރާ މިންގަނޑެކެވެ.                                                            

ވައިޓީޑީ ބޭނުންކުރަނީ އަހަރު ފެށުނީއްސުރެން ވަކި ތާރީޚަކަށް ކުރެވިފައިވާ މުއާމަލާތުތައް އަންދާޒާކުރާ މިންގަނޑެއްގެ ގޮތުގައެވެ.                                                               

އެމެރިކާ ޑޮލަރ ދުނިޔޭގެ ބާޒާރުގައި ބޭނުންކުރުން މަޑުމަޑުން ނަމަވެސް މަދުކުރަން  ޗައިނާއިން މެދުނުކެނޑި ކުރަމުން ގެންދާ މަސައްކަތުގެ ސަބަބުން ޑޮލަރ ބޭނުން ކުރާ މިންވަރު ދަށަށް ދިއުން ހުއްޓުވިދާނެ ކަމަކަށް ނުފެނެއެވެ. އަދި އެމެރިކާ ބަޖެޓްގެ ދަރަނި އިތުރުވަމުން ދިއުމާއެކު ދުނިޔޭގެ ރިޒާވް ފައިސާގެ މަގާމް ބިޓްކޮއިންއަށް ހިނގައިދާނެ ކަމަށްވެސް ބެލެވެން ފަށައިފިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް