މި ސަރުކާރުން އުފެއްދި ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ ބޯޑު މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު އަލީ އިސްތިއުފާ ދެއްވައިފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ކުރި ޕޯސްޓެއްގައި ބުނީ ޑިވެލޮޕްމަންޓް ބޭންކްގެ ބޯޑު މެމްބަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު އަލީ އިއްޔެ އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ އިސްތިއުފާ އެ ބޯޑުން ގަބޫލުކޮށް، މަގާމުން ވަކިކުރެވިފައިވާ ކަމަށް ޕީސީބީން ހާމަކުރެއެވެ.