ވަގަށް އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން މިކަންހާމަކޮށްފައި ވަނީ އެ އިދާރާއިން މިއަދު ކުރި ޕޯސްޓެއްގައެވެ.
ކަސްޓަމްސް އިން ބުނީ، ރާއްޖެ އަށް ”ސިއްރުން“ އެތެރެކުރަން އުޅުނު އެއް ލައްކަ އަށް ވުރެ ގިނަ ސިނގިރޭޓު އަތުލައިގަނެފައިވާ ކަމަށެވެ.
މި ހާދިސާ ހިނގާފައި ވަނީ އިއްޔެއެވެ. ކަސްޓަމްސް އިން ބުނީ އެ ތަކެތި އަތުލައިގަތީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. މީގެ އިތުރުން ވަގަށް އެތެރެ ކުރަނިކޮށް އަތުލައިގަތީ 130،155 ސިނގިރޭޓް ސްޓިކްސް ކަމަށް ކަސްޓަމްސް އިން ބުނެފައި ވެއެވެ.