އެމެރިކާއިން ބޭނުންވާ ޝަރުތުތަކަށް އީރާނުން އެއްބަސް ނުވާނަމަ އީރާނަށް ބޮންއަޅާނެ ކަމުގެ އިންޒާރާއެކު އެމެރިކާއާއި އީރާނުން ރޯމްގައި ފަށަން ރާވާފައިވާ ނިއުކްލިއަރ މަޝްވަރާތަކަށް އެއްދުވަހަށްވެފައި ވަނިކޮށް އީރާނުގެ ސުޕްރީމް ލީޑަރ އާޔަތު އަލީ ޚާމަނާއިގެ ފަތްކޮޅަކާއެކު އެ ގައުމުގެ ޚާރިޖީ ވަޒީރު، ރަޝިޔާގެ ރައީސް އަރިހަށް ފޮނުއްވައިފިއެވެ.
ރަޝިޔާއަކީ އީރާނާއި ވަރަށް އެކުވެރި ގައުމެކެވެ. އީރާނުގެ ނިއުކްލިއަރ މަޝްރޫއާއި ގުޅިގެން އެމެރިކާއާއި ހުޅަނގުގެ ގައުމުތަކުގެ ބާރުގައި ޔޫ އެން ސެކިއުރިޓީ ކައުންސިލް ފާސްކުރަން މަސައްކަތްކުރާ ކޮންމެ ގަރާރެއް ރަޝިޔާއިން ގެންދަނީ ވީޓޯގެ ބާރުގައި ހުއްޓުވަމުންނެވެ. އަދި ރަޝިޔާއަކީ 2018 ވަނައަހަރު އީރާނުގެ ނިއުކްލިއަރ މަޝްރޫއާ ގުޅޭގޮތުން އެކުލަވާލެވުނު އެއްބަސްވުމުގެ ބައިވެރިއެއްވެސް މެއެވެ. ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ ރަޝިޔާއަކީ ޒަމާންވީ އެކުވެރިއެއް ކަމަށާއި މިހާރު ކުރެވެން އުޅޭ މަޝްވަރާތަކުގެ މައުލޫމާތު ރަޝިޔާއާއެކު ހިއްސާ ކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައި ދެކިވަޑައިންނަވާކަމަށެވެ.
އެމެރިކާއިން ބޭނުންވާގޮތަށް ބައްޓަންކުރެވޭ އެއްބަސްވުމަށް އީރާނުން ބޯ ނުލަނބައިފިނަމަ އެ ގައުމަށް ބޮންއަޅާ ސުންނާފަތި ކޮށްލާނެ ކަމަށާއި އަދި އެ ގައުމުގެ ތެޔޮ ގަންނަ ކޮންމެ ގައުމަކަށް އެމެރިކާގެ ޓެރިފް ބޮޑުކުރުމާ ކުރިމަތިލާން ޖެހޭނެކަމަށް ރައީސް ޓްރަމްޕް ގެންދަވަނީ ތަކުރާރުކޮށް އިންޒާރު ދެމުންނެވެ. އަދި އެމެރިކާގެ ގިނަ އަދަދެއްގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތައްވެސް މިހާރު ވަނީ މެދުއިރުމައްޗަށް ފޮނުވާފައެވެ.
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކުގެ މައިގަނޑަކީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓުވުން ނުވަތަ މަދަނީ މިންގަނޑަށް ދަށްކުރުމެވެ. އެހެންނަމަވެސް އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ވިދާޅުވަމުންގެންދަވަނީ އީރާނުން ޔޫރޭނިއަމް ފައްކާކުރުމުގެ މިންގަނޑަކީ އީރާނުގެ އިޚްތިޔާރެއް ކަމަށާއި އަދި އެއީ ވާހަކަ ދެއްކޭން މައުޟޫއެއް ނޫންކަމަށެވެ.
އެމެރިކާއިން ދެކޭގޮތުގައި ރަޝިޔާއާއި އީރަނަކީ ހުޅަމގުގެ ގައުމުތަކުގެ ދުޝްމަނުންނެވެ. އީރާނަށް އެއްވެސް ބާވަތެއްގެ މިލިޓްރީ ހަމަލާއެއް ދިނުމަކީ ރަޝިޔާއިން ގަބޫލުކުރާނެ ކަމެއް ނޫން ކަމުގައި ރައީސް ޕޫޓިން ގެންދަނީ ވިދާޅުވަމުންނެވެ. މާދަމާފެށުމަށް ރޭވިފައިވާ މަޝްވަރާތަކުގައި ހިމެނޭ އީރާނުން މުއްސަނދި ކޮށްފައިވާ ޔުރޭނިމް އެމެރިކާގެ ހުށައެޅުމަށް އިޖާބަދިނުމުގެ ގޮތުން ރަޝިޔާއަށް ގެންދަން ރުހިވަޑައިގެންފާނެތޯ ދެންނެވުމުން ކްރެމްލިނުން ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ.
މާދަމާ ބޭއްވުމަށް ރޭވިފައިވާ ނިއުކްލިއަރ މަޝްރޫއުގެ މަޝްވަރާތަކުގެ ވާހަކަ މީޑިއާތަކުގެ ފަލަ ސުރުޚީއަށްވެފައިވަނިކޮށް ކުއްލިއަކަށް ސީ އެން އެން ގެ ޚަބަރުގައި އެންމެ ފަލަ ސުރުޚީއަކަށް ވެފައިވަނީ އިއްޔެ ސައޫދީ އެރޭބިޔާގެ ދިފާއީ ވަޒީރު ޕްރިންސް ޚާލިދު ބިން ސަލްމާން އަލް ސައޫދު ތެހެރާނަށް ވަޑައިގެންނެވުމެވެ. ސައޫދީ ދިފާއީ ވަޒީރުގެ މިޒިޔާރަތުގައި އީރާނުގެ އާރމްޑް ފޯސަސްގެ ކޮމާންޑަރ އަދި ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުހަންމަދު ބާޣެރީއާއި އެކު ވަނީ ބައްދަލު ގިނަ ބައްދަލު ކުރެއްވުން ތަކެއ ބާއްވަވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ސަރަހައްދީ ދީފާއާއި ޓެރަރިޒަމްގެ މައްސަލާގައި މަޝްވަރާކުރެއްވި ކަމަށްވެއެވެ.
ސައޫދީ އެރޭބިޔާގެ މިފެންވަރުގެ ބޭފުޅަކު އީރާނަށް ވަޑައި ނުގަންނަވާތާ ވަރަށްގިނަ ޒަމާން ވެއްޖެއެވެ. އެންމެ ފަހުން ސައޫދީ އރޭބިޔާގެ މި ފނެވަރުގެ ބޭފުޅަކު އީރާނަށް ވަޑައިގަތީ 1997 ވަނަ އަހަރު އެވެ. އެއީ އީރާނުގެ އިސްލާހީ ރައީސް ކަމަށް ފާހަގަކުރެވުނު މުހަންމަދު ޚާތިމީ ގެ ރިޔާސަތުގައި ރަސްގެފާނު އަބްދު ބިން ސައޫދު ކުރެއްވި ޒިޔާރަތެވެ.
އެމެރިކާއާއި އީރާނުގެ މަޝްވަރާތަކާއެކުއެކުގައި އެމެރިކާއިން ބައްޓަންކުރަން ބޭނުންވާ ގޮތަށް އެއްބަސްވުމަކަށް ނާދެވިއްޖެނަމަ އީރާނަށް މިލިޓްރީގޮތުން ހަމަލާ ދޭނެކަމަށް އެމެރިކާއިން އިންޒާރު ދެމުންގެންދާތީ ގަލްފުގެ އެއްވެސް ގައުމެއްގައިހުރި އެމެރިކާގެ މިލިޓްރީ ވަސީލަތެއް ނުވަތަ ސަރަހައްދެއް ބޭނުންކޮށްގެން އީރާނަށް ހަމަލާދީފިނަމަ އީރާނުން އެގައުމަކަށް ސީދާ ހަމަލާދޭނެކަމަށް އެ ގައުމުތަކަށް އީރާނުން ވަނީ އިންޒާރުދީފައެވެ.
One Response
Theheraan, please keep it up. Don’t have to worry about American rules.