ހިޔާ ޓަވަރު ސަރަހައްދުގައި އިތުރު މިސްކިތެއް މެއި މަހުގެ ފަހުކޮޅު ހުޅުވަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުޅުމާލެ ފޭސް 2 ގެ ދާއިމީ ބައެއް މިސްކިތްތައް މިއަހަރު ހުޅުވާނެ ކަމަށެވެ. އަދި ވުޒާރާގެ އަމާޒަކީ މިއަހަރުގެ ނިޔަލަށް ހުޅުމާލެ ފޭސް 2 ގެ ވަގުތީ ހުރިހާ މިސްކިތްތަކެއް ނިމުމަކަށް ގެނައުން ކަމަށެވެ. އެގޮތުން އަލަށް ހުޅުވަން ނިންމާފައި ވަނީ 3 ބުރީގެ ދާއިމީ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ.
މެއި މަހުގެ ފަހުކޮޅު ހުޅުވުމަށް މަސައްކަތް ކުރަމުން އަންނަނީ އަމިއްލަ ފަރާތަކުން އިމާރާތް ކުރާ މިސްކިތެއް ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރެއެވެ. އެ މިސްކިތުގައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައްކަން އެ މިނިސްޓްރީން ވަނީބުނެފައެވެ.