އިންޑިއާ ދެފަޅިވަޅިވަމުންދާތީ ޖިއޯލޮޖިސްޓުންގެ އިންޒާރު

Loading

April 18, 2025
profile
Facebook
Twitter
WhatsApp

މި ރިޕޯރޓްގައި ބުނެފައިވާ ހޯދުންތައް ދެނެގަނެފައިވާ ނަމަވެސް މޮނާޝް ޔުނިވަރސިޓީގެ ޖިއޯޑައިނަމިސްޓް ފެބިއޯ ކެޕިޓާނިއޯ ބުނެފައިވަނީ މިހާރު ލިބިފައިވާ ޑޭޓާތައް ފުރިހަމަނުވާތީ އިތުރަށް ދިރާސާކޮށް ގިނަ މައުލޫމާތުތަކެއް ހޯދަން ބޭނުންވާކަމަށެވެ. ކިއުންތެރިންގެ ސަމާލު ކަމަށްޓަކައި މިކަން ފާހަގަކޮށްލީއެވެ. 

      

ސަންދާނު ކިއުންތެރިންނަށް އަޅުގަނޑުމެން މިގެނެސްދެނީ އެމެރިކަން ޖިއޯފިޒިކަލް ޔުނިއަނުން އިންޑިއަން ޓެކްޓޯނިކް ޕްލޭޓް ދެ ފަޅިވުމުގެ ނިޝާންތައް ފެންނަމުންދާތީ މި ސަރަހައްދުގެ ޖިއޯލޮޖިކަލް ލޭންޑް ސްކޭޕަށް އަތުވްދާނެ ބަދަލުތަކާބެހޭގޮތުން ތައްޔާރު ކޮށްފައިވާ ރިޕޯރޓެއްގެ އުސްއަލިތަކެއްގެ ޚުލާސާއެކެވެ. އިންޑިއަން ޓެކްޓޯނިކް ޕްލޭޓަށް އަންނަ ބަދަލެއްގައި ދިވެހިރާއްޖެވެސް ހިމެނުން އެކަށީގެންވާތީ އެފަދަ ހާދިސާއެއް މެދުވެރިވުން ހުއްޓުވުމުގެ ކުޅަދާންކަން ލިބިފައި ނެތަސް މި މައުލޫމާތު އެނގުން ބޭނުންކަމަށް ދެކެމެވެ.  

މި އާދަޔާޚިލާފު ހޯދުންތަކުން އެނގިފައިވަނީ އިންޑިއަން ޓެކްޓޯނިކް ޕްލާޓް މަޑުމަޑުން ލޫދެމުންގޮސް އާރތުގެ މެންޓްލެގެ ތެރެއަށް ގެނބިގެންދާކަމެވެ. އާރތުގެ މެންޓްލްއޭ ބުނެވެނީ އެންމެ މަތީ ފަށަލަޢާއި ޖެހިގެން އޮންނަ ހިލައިގެ ފަށަލައަށެވެ.  މީގެ ސަބަބުން މި ސަރަހައްދުގައި ބޮޑެތި ބިންހެލުންތަކަށް މަގުފަހިވެގެން ދިއުންވެސް އެކަށިގެންވާކަމަށް ސްޓެންފޯރޑް ޔުނިވަރސިޓީގެ ޖިއޯފިޒިސިސްޓް ސައިމަން ކްލެމްޕަރަރ ބުނެފައިވެއެވެ.  

އިންޑިއަން ޓެކްޓޯނިކް ޕްލޭޓާއި ޔުރޭޝިއަން ޓެކްޓޯނިކް ޕްލޭޓް ފައްތަރު އަރަމުންދާތާ 60 މިލިއަން ވެދާނެއެވެ. މީގެ ސަބަބެއްކަމަށް ހޯދުންތަކުން އެނގިފައިވަނީ ހިމާލިޔާ ފަރުބަދަތަކެވެ. އިންޑިއަން ޓެކްޓޯނިކް ޕްލޭޓުގެ ބައެއް ބިންދައިގެންގޮސް އަޑިއަށް ދާކަން  އެންމެ ފަހުގެ ހޯދުންތަކުން ވަނީ އެނގިފައެވެ. މިކަން އެނގުނީ ބިންހެލުމުގެ ސަބަބުން އުފެދޭ ރާޅުތަކާއި އަދި ޓިބެޓަން ސްޕްރިންގ ގެ ހީލިއަމް އައިސޮޓޯޕްސް ތަޙްލީލު ކުރުމަށްފަހުގައެވެ. އެ ތަހްލީލު ތަކުން ހޯދުނު މަތިން ތިރިއަށް ވާގޮތަށް ބިންދައިގެން ގޮއްސާ ހުރިތަން މީގެކުރީގެ އެއްވެސް ތަހްލީލަކުން ފެނިފައެއް ނުވެއެވެ.                                                 

އުޓްރެޗް ޔުނިވަރސިޓީގެ ޖިއޯޑައިނަމިސްޓް ވާން ހިންސްބަރގެން ބުނެފައިވަނީ ބޮޑެތި ކޮންޓިނެންޓް ތަކަށް މިހެން ދިމާވާކަން ވެސް ކުރިން އެނގިފައި ނުވާ ކަމަށެވެ. މި ހޯދުންތައް ޚާއްސަ ވެގެންދާ ސަބަބުތަކުގެ ތެރޭގައި ޓެކްޓޯނިކް ޕްލޭޓްތަކުގައިވެސް ތަފާތު ބޯމިން ހުންނަ ކަމާއި އޭގެ ހަރަކާތްތައްވެސް ތަފާތުކަން އެނގިގެން ދިއުން ހިމެނެއެވެ. މި ޓެކްޓޯނިކް ޕްލޭޓްތަކުގެ ހަރަކާތްތައްވެސް ކުރިން އެނގިފައިވާގޮތާ ޚިލާފުކަން އެނގުމަކީ މާބޮޑަށް ހައިރާން ކުރުވާ ކަމެކެވެ.                                                     

ޓިބެޓާ ގުޅިފައިވާ ޕްލޭޓް ތަކަކީ މިހާރުވެސް ސިސްމިކް ނުރައްކަލަށް ހުޅުވިފައިވާ ސަރަހައްދެކެވެ. ފަހުގެ މި ހޯދުންޔަކުނއެ ސަރަހައްދުގެ ނުރައްކާތެރިކަން އަދި މާބޮޑަށް ހާމަވެގެން ހިނގައްޖެއެވެ. އަދި އިންޑިއަން ސަބްކޮންޓިނެންޓްގެ ޕްލޭޓްތަކަށް މިއަންނަ އޮޅުންފިލުވަން އުނދަގޫ ފައްތަރު އެރުންތަކުގެ ސަބަބުންވެސް ދުނިޔެއަށް ބިންހެލުން އިތުރުވެގެން ދާނެކަމަށް ބެލެވެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެހެން ސަރަހައްތުތައްވެސް އިތުރު ތަހްލީލުތައް ކުރަންޖެހިފައިވާކަމަށް ބުނެފައިވެއެވެ.                     

އަޅުގަނޑުމެންގެ ތެރޭގައި ޓެކްޓޯނިކް ޕްލޭޓްތަކުގެ މައުލޫމާތު ލިބިފައިނެތް ބޭފުޅުންވެސް ތިބެދާނެކަމަށްޓަކައި ދެތިން ޖުމްލައެއް ލިއެލަން ބޭނުންވެއެވެ. ސައެންސުގެ ލިއުންތަކުގައި ބުނެފައިވާގޮތުން ދުނިޔޭގެ އެންމެ މަތީ ފަށަލަ ސައެންސުގެ ބަހުރުވައިގާ ލިތޯސްފެއަރ އެކުލެވިގެންވަނީ ޕަޒްލް ބޯޑެއްގެ ކަފިތައް އަތުރާލާފައިވާ ފަދަ މިސާލެއްގައެވެ. އޭގެ ތެރޭގައި ބޮޑެތި ބައްރުތަކުގެ ދަށުގައިވާ (ކޮންޓިނެންޓަލް) ޕްލޭޓްތަކާއި އަދި ކަނޑުއަޑީގެ ޕްލޭޓްތައް ހިމެނެއެވެ. ދުނިޔޭގެ މެންޓްލްގައި އުފެދޭ ހޫނުގެ ސަބަބުން މި ޕްލޭޓްތައް ލަސްލަހުން ހަރަކާތް ކުރެއެވެ. މި ހަރަކާތުގައި ބައެއްފަހަރު އެކަތި އަނެކައްޗާ އެކްސިޑެންޓްވެ އަދި ބައެއްފަހަރު ފައްތަރު އަރާގޮތްވެސް މެދުވެރިވެގެންދާކަމަށް ވެއެވެ.                                                    

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް