ރަހަފަތް: ތަރުކާރީ މަސްބަތް

Loading

April 12, 2025
profile
Facebook
Twitter
WhatsApp

ބޭނުންވާ ތަކެތި:
2 ޖޯޑު ހަނޑޫ
1 ޖޯޑު ވަޅޯމަސް (ކޮށާފައިހުރި)
1 ކެރެޓު (ކޮށާފައި)
1 އަލުވި (ކޮށާފައި)
6 ތަރުކާރީތޮޅި (ބުރިކޮށްފައި)
1 ފިޔާ (މެދު ސައިޒުގެ)
3 ލޮނުމެދު
ގިތެޔޮމިރުސް ފަޅިއެއް
2 ހިކަނދިފަތް
1 މޭޒުމަތީސަމުސާ އަސޭމިރުސް (ނުމުގުރާ)
1 ސައިސަމުސާ ލޮނު
1/2 ޖޯޑު ކާށި ބޯކިރު
1/2 ސައިސަމުސާ ރީނދޫ
ލުނބޯ ކިބައެއްގެ ހުތް
1 މޭޒުމަތީސަމުސާ ތެޔޮ ނުވަތަ ގިތެޔޮ

ތައްޔާރުކުރާނެ ގޮތް:
ހަނޑޫ ދޮވެފައި ފެން ފުރާނާލުމަށްފަހު ބަހައްޓާށެވެ.
ފިޔައާއި ލޮނުމެދު ތުނިކޮށް ކޮށާލާށެވެ. ތެއްޔެއްގައި ތެޔޮ ނުވަތަ ގިތެޔޮ ހޫނުކުރުމަށްފަހު ފިޔާ، ލޮނުމެދު، ހިކަނދިފަތް އަޅައިގެން މެދުގިނީގައި މީރުކޮށްލާށެވެ. ފިޔާގަނޑުން މީރުވަސްދުވަން ފެށުމުން ރީނދުލާއި އަސޭމިރުސް އަދި ލޮނު އަޅާލާށެވެ. އެއަށްފަހު މަސްކޮޅު އަޅައިގެން މިނިޓެއްހާއިރު ކައްކާލާށެވެ. ކައްކާނީ ދޭފަތުން ހަލުވަމުންނެވެ.
އެއަށްފަހު ހަނޑޫގަނޑު އަޅައި ދޭފަތުން އެއްކުރަމުން 2 މިނިޓެއްހާއިރު ކައްކާލާށެވެ. އެއަށްފަހު 1 ޖޯޑު ފެން އަޅައި އެއްކޮށްލާށެވެ.
ކާށިކިރުފޮދު އަޅާފައި އިތުރަށް ފެން އަޅާލާށެވެ. ފެންގަނޑު ހުންނަންވާނީ ހަނޑޫގަނޑުގެ މައްޗަށް އިންޗިއެއްހާތަން މައްޗަށް ހުންނަވަރަށެވެ. އެއަށްފަހު ގަދަގިނީގައި ކައްކާލާށެވެ.
ކެކިގަތުމުން ތަރުކާރީކޮޅާއި ލުނބޯހުތް އަޅާފައި މަތިޖަހައިގެން މަޑުގިނީގައި ކައްކާލާށެވެ.

ނޯޓް: ގިތެޔޮމިރުހުގެ ބަދަލުގައި ތޮޅިމިރުސްވެސް ބޭނުންކުރެވިދާނެއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް