އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް!

Loading

April 11, 2025
profile
Facebook
Twitter
WhatsApp

ގދ. ތިނަދޫގައި ހުންނަ ޑރ އަބްދު ސަމަދު މެމޯރިއަލް ހޮސްޕިޓަލްގައި އޮޕަރޭޝަން ޑޮކްޓަރުންގެ ކޭމްޕެއް ބާއްވަން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

މިއީ ހެލްތު މިނިސްޓްރީ އަދި އައިޖީއެމްއެޗް ގުޅިގެން ތިނަދޫ ޑރ. އަބުދުލް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ކުރިއަށް ގެންދާ ކޭމްޕެކެވެ.

ހެލްތު މިނިސްޓްރީން މިއަދު ބުނީ އޮޕަރޭޝަން ބަލިތަކަށް ޚާއްޞަ، އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ ޓީމެއް ގދ ތިނަދޫ ޑރ. އަބުދު ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ބަލާގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ކޭމްޕު ކުރިއަށްދާނީ މި މަހުގެ 24 އިން 26 އަށެވެ. މި ކޭމްޕްގައި ރާއްޖޭގައި ތިއްބެވި މި ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރުންގެ ޓީމެއް ބައިވެރިވާނެ ކަމަށާއި އެ ޓީމްގައި 8 ޑޮކްޓަރުން ހިމެނޭކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.

ޑޮކްޓަރުންގެ ޓީމް

  1. ގޮހޮރުގެ އަދި ބެރިއަޓްރިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ އާއިޝަތު އަޒުނާ
  2. އާއްމު އަދި ލެޕްރސްކޯޕިކް ސާރޖަރީގެ ޚާއްޞަ ޑޮކްޓަރ، އަބުދުﷲ ޢުބައިދު
  3. ޕްލާސްޓިކް އަދި ރިކޮންސްޓްރަކްޝަން އަދި އެޑްވާންސް ވޫންޑް ކެއަރ ގެ ޚާއްޞަ ޑޮކްޓަރ މުހައްމަދު ވަހީދު
  4. އާއްމު އޮޕަރޭޝަން އަދި އެޑްވާންސް ވޫންޑް ކެއަރ އަށް ޚާއްޞަ ޑޮކްޓަރ އިބްރާހީމް އާދިލް
  5. ކެންސަރުގެ އޮޕަރޭޝަންތަކަށް ޚާއްޞަ ޑޮކްޓަރ، މުހައްމަދު ޝިފާން
  6. ސިކުނޑިއާއި ނާރުގެ އޮޕަރޭޝަންތަކުގެ ޚާއްޞަ ޑޮކްޓަރު އަލީ އާ
  7. ކުޑަކަމުދާ ނިޒާމުގެ އޮޕަރޭޝަންތަކުގެ ޚާޞަ ޑޮކްޓަރ އަބުދުﷲ އަދްޡަރު
  8. ހޭނެއްތުމާއި ނުފިލާ ހުންނަ ތަދުތަކުގެ ޚާއްޞަ ޑޮކްޓަރ އަސްއަދު މުހައްމަދު ޝަހީދު

މި ޓީމުން ހިންގުމަށް ހަމަޖެހިފައިވާ ހަރަކާތް ތަކުގެ ތެރޭގައި އޯޕީޑީގައި ބަލިމީހުން ބަލައި ފަރުވާކުރުމާއި ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީން ދިނުމުގެ އިތުރުން އެކި އޮޕަރޭޝަންތައް ކުރުން ހިމެނެއެވެ.

މި ޓީމް ގެ ޑޮކްޓަރުންނަށް ދެއްކުމަށް މިހާރު ވަނީ އެޕޮއިންޓްމަންޓް ހެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް