އޮސްޓްރޭލިޔާގެ ފަރޓިލިޓީ ކްލިނިކަކުން އެމްބްރިޔޯ ނުވަތަ އަންހެންމީހާގެ ”ބިސް“ އޮޅުވާލުމުގެ ސަބަބުން އެގައުމުގެ އަންހެނަކު،ނުވެސް ދަންނަ މީހެއްގެ ދަރިއަކު ވިހަން ޖެހިއްޖެއެވެ.
މިކަން ހިނގާފައިވަނީ އޮސްޓްރޭލިޔާގެ ބްރިސްބަން ގައި ހުންނަ މޮނާޝް އައިވީއެފް ކްލިނިކްގައި ކަމަށް ވެއެވެ.މިކަމަށް މިހާރުވަނީ ކްލިނިކްގެ ފަރާތުން މައާފަށްވެސް އެދިފައެވެ. މިއީ ވަރަށް ދެރަކޮށް ދިމާވި ކަމެއްކަމަށާ ކްލިނިކްގެ ހުރިހާ ސްޓާފުންގެ ފަރާތުން މިކަމަށް މައާފަށް އެދޭކަމަށް ކްލިނިކްގެ ސީއޯ ބުނެފައި ވެއެވެ.
މިދިޔަ އަހަރުވެސް އެކްލިނިކުން ވަނީ މިފަދަ ބޮޑު ”ހިއުމަން އެރާ“ އެއްހަދާފައެވެ. އައިވީއެފް ހެދުމަށްޓަކާ ނަގާފައިވާ އެމްބްރިއޯ ތަކެއް އެފަހަރު ވަނީ ނައްތާލާފައެވެ.މިކަމުގެ ސަބަބުން އެތައްސަތޭކަ ޕޭޝަންޓުންނަށް 56މިލިއަން ޑޮލަރުގެ ބަދަލެއް ދޭން ޖެހިފައިވެއެވެ.
މިފަހަރު ދިމާވި މައްސަލަ ހާމަވެފައިވަނީ އައިވީއެފް ކާމިޔާބުވި ދެމަފިރިއަކު، އެމީހުންގެ ބާކީހުރި އެމްބްރިއޯ ތައް އެހެން ކްލިނިކްލިނިކް އަކަށް ބަދަލުކުރަން އެދުނު ހަމައިންނެވެ. އެހާހަމައިން ކްލިނިކުން ވަނީ އަންހެންމީހާއަށް ބޭނުންކުރީ އޭނަގެ އެމްބްރިއޯ ނޫންކަމަށް އެބަސްވެފައެވެ.އަދި މިއީ ކުރިން ހިނގި ކަމެއްނޫން ކަމަށާ ކަން ހިގަން މެދުވެރިވި ސަބަބު ބެލުމަށް މިހާރު ތަހުޤީޤް ފަށާފައިވާ ކަމަށް މޮނާޝްގެ ސީއީއޯ ބުނެފައި ވެއެވެ.
މިދިޔަ އަހަރު ދިމާވި ހާދިސާގައި 700 ޕޭޝަންޓުންނަށް 56މިލިއަން ޑޮލަރުގެ ބަދަލު ދޭން ޖެހުނީ އެމްބްރިއޯތައް ޓެސްޓް ކުރިއިރު ރަގަޅު ނޫން ކަމަށް ދެއްކުމުން އެމްބްރިއޯތައް ނައްތާލުމުން ކަމަށް ވެއެވެ. ނަމަވެސް ފަހުން ހާމަވެފައިވާ ގޮތުގައި ޓެސްޓްގެ ނަތީޖާ ދެއްކީ ގޯސްކޮށްނެވެ.އަދި ނައްތާލި އެމްބްރިއޯގެ 35 އިންސައްތަ އަކީ ނޯމަލް އެމްބްރިއޯ އެވެ.
އައިވީއެފް ހެދުމަކީ ފިހެންމީހާގެ ދަރިފަނި އަދި އަންހެންމީހާގެ ބިސް ނުވަތަ އެމްބްރިއޯ ނެގުމަށްފަހު ލެބޯޓަރީއެއްގައި ގުޅުވައި، އަލުން އަންހެންމީހާގެ ރަހިމުގައި އިންދައިގެން ދަރިއަކު ހޯދުމެވެ.
ޔުނިވަރސިޓީ އޮފް ނިއުސައުތު ވޭލްސްގެ ރިޕޯޓް އަކުން ދައްކާ ގޮތުގައި 2021ވަނަ އަހަރު އެކަނިވެސް އައިވީއެފް ހަދައިގެން އޮސްޓްރޭލިޔާ އަދި ނިއުޒިލަންޑްގައި 20،690ކުދިން އުފަންވެފައިވެއެވެ.