ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލައަށް މަރުވާން މަސައްކަތް ކުރި ފިރިހެން މީހާ ނިޔާވެއްޖެއެވެ.
އޭނާ އަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި މި މަހުގެ ދެ ވަނަ ދުވަހު ހައްޔަރުކޮށް ހދ. ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ހުރި މީހެކެވެ.
އޭނާ މަރުވެފައި ވަނީ ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.