އިސްރާއީލުން ޣައްޒާގެ ޝުޖާޔާ އަވަށަށް ދިން ހަމަލާގައި 35 މީހަކު ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާ ޓީވީ ޗެނަލުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ބޭރުގައި އޮންނަ ޝުޖާޔާ އަވަށަށް އިސްރާއީލުން ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 35 އަށް ވަނީ އަރާފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެފައި އިމާރާތްތަކުގެ ދަށުގައިވާ ކުނިތައް ސާފުކުރުމުން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އެގޮތުން އިމާރާތްތަކުގެ ދަށުން އިތުރު މީހުން ފެންނާނެ ކަމަށް އެ ގައުމުގެ ހެލްތު މިނިސޓްރީން ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން އަލްޖަޒީރާ ޓީވީން އިއްޔެ ބުނީ ޣައްޒާގެ އިރުމަތީ އަވަށްތަކަށް އިސްރާއީލުން ދިން ހަމަލާގައި 50 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ.