ކުޅުދުއްފުށި އަދި ދުވާފަރުގައި ޓިވެޓް-ސެންޓަރަކާއި ދަނާލެއް ޤާޢިމުކުރަނީ

Loading

April 10, 2025
profile
Facebook
Twitter
WhatsApp

ކުޅުދުއްފުށި ސިޓީގައި ޓެކްނިކަލް ވޮކޭޝަނަލް (ޓިވެޓް) ސެންޓަރަކާއި ދަރިވަރުންގެ ދަނާލެއް އަދި ރ. ދުވާފަރުގައިވެސް ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ގާޢިމުކުރަން ނިންމައިފިއެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާއިން މިއަދު ބުނީ މިއީ ދިވެހިރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގެ ތެެރެއިން ކުރިއަށް ގެންދާ މަޝްރޫޢުއެއް ކަމަށެވެ.

ކުޅުދުއްފުށީގައި ޤާޢިމުކުރުމަށް ހަމަޖެހިފައިވާ މި ޓިވެޓް ސެންޓަރުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާއި ހަވާލުކޮށްފައި ކަމަށް އެ ވުޒާރާއިން ހާމަކުރެއެވެ.

މީގެ އިތުރުން ރ. ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު ދަނާލެއް ޤާޢިމުކުރުމުގެ މަސައްކަތް ވަނީ ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައި ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤިކުރުމާއި ބެހޭ ވުޒާރާއިން ބުނެފައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް